ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޔާޑާ ރިސޯޓު ވިއްކާލަން އުޅުމަކީ ބޮޑު ހިޔާނާތެއް، މި ޖަރީމާ ހުއްޓުވަން ޖެހޭ: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. އަތޮޅުގައި ހިންގަމުންދާ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓު ކަމަށްވާ ”އަޔާޑާ މޯލްޑިވްސް“ ވިއްކާލުމަށް ކުރަމުންދާ މަސައްކަތަކީ ދައުލަތަށް ނުހަނު ބޮޑު ގެއްލުމެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ބޮޑު ޖަރީމާއެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މިފަދަ ބޮޑު އިންވެސްޓްމަންޓެއް ވިއްކާލުމުގެ މުއާމަލާތް ހިނގަމުން ދަނީ އެއްވެސް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ. ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، މި ރިސޯޓު ވިއްކާލުމުގައި އަމަލުކުރަމުންދާ ގޮތުން ދައުލަތުގެ ހަޒާނާއަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް ގެއްލި، ވަކި ބައެއްގެ އަމިއްލަ ޖީބަށް އެ ފައިސާ ވަންނާނެ މަގު ވަނީ ހުޅުވިފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތެއް ނޫންކަމަށާއި، މިއީ ރާއްޖޭގެ ރައްޔިތުންގެ މުދަލަށް ބޮޑު ހިޔާނާތެއް ހިންގުމުގެ ފެށުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އަޔާޑާ ފަދަ ބޮޑު ރިސޯޓެއްގެ މިލްކުވެރިކަން ބަދަލުވެގެންދާއިރު، އެކަން ހިނގަންވާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ހާމަކަން ބޮޑު ބިޑިންގް މަރުހަލާއެއްގެ ތެރެއިންނެވެ. ނަމަވެސް މިހާރު ކަންތައްތައް ހިނގަމުންދާ ގޮތުން، މިއީ ދުރާލައި ރޭވިގެން ހިންގޭ މޭޒުދަށުން ހިންގާ މުއާމަލާތެއްގެ ގޮތުގައި ބެލެވޭނެ ޖާގަ އެބައޮތްކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މި މައްސަލައިގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރަންޖެހޭކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މުއާމަލާތް ވަގުތުން ހުއްޓުވައި، އޭގެ ތަފްސީލީ ތަހުގީގެއް ހިންގުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ފަތުރުވެރިކަމުގެ ބިންތަކަކީ ދިވެހި ރައްޔިތުންގެ ހައްގަކަށްވާއިރު، އެއިން ލިބޭ މަންފާ ވަކި ބައެއްގެ މުއްސަނދިކަމަށް ބޭނުންކުރުމަކީ ދައުލަތުން ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލި، ގައުމުގެ އިގްތިސާދީ ކުރިމަގަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: