އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި، މާލެއިން ކޮރޯނާ ވައިރަހުގެ އަސަރު ފެނުނު އަންހެން މީހާއާއި ޑައިރެކްޓު ކޮންޓެކްޓުވީ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއީ މާލެއިން ކޯވިޑަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާއި މިހާތަނަށް ސީދާ ދިމާވި މީހުންގެ ތެރެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. އަދި މާލެއިން ޕޮޒިޓިވް ވީ ދެވަނަ މީހާއެެވެ.
ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ގައިން މި ބަލި ފެނިފައިވަނީ މިއަދު އެވެ. އަދި އޭނާއަކީ ފްލޫ ކްލިނިކްއަށް ދެއްކި މީހެކެވެ. ކޭސް ފެނުމާއި އެކު، އެޗްޕީއޭއިން ވަނީ މާލެ ތެރެ ކުއްލި ހާލަތަކަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަދު ހަވީރާއި ހަމައަށް 50 އަށް ވުރެ ގިނަ މީހުން އެކި ގޮތް ގޮތުން ކޮންޓެކްޓު ވެގެން އައިސޮލޭޓު ކުރިއެވެ.

