އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި، މާލެއިން ކޮރޯނާ ވައިރަހުގެ އަސަރު ފެނުނު އަންހެން މީހާއާއި ޑައިރެކްޓު ކޮންޓެކްޓުވެ ބައްޔަށް ޕޮޒިޓިވް ވީ ފުރަތަމަ ޕޮޒިޓިވް ވީ މީހާގެ ކުޑަ ދަރިފުޅުކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މާލޭގައި ބަލީގެ އަސަރު ފެނުނު އެ މީހާއަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ޕޮޒިޓިވް ވި، އެއްވެސް މީހަކާއި ކޮންޓެކްޓުވެފައި ހުރި މީހެއް ވެސް ނޫނެވެ. އެއީ މާލެހިޔާ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ. އެޗްޕީއޭއިން މިވަގުތު އަންނަނީ އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ކޭސްއާއި ގުޅިގެން، ކުރިޔަށް ގެންދިޔަ ކޮންޓެކްޓު ޓްރޭސިންގައި އެ މީހާއާއި އެކި ގޮތްގޮތުން ކޮންޓެކްޓުވީ 50 މީހަކު ވަނީ އައިސޮލޭޓުކޮށްފައެވެ. އަދި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވީ 11 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރޭގައި ކުޑަކުއްޖާ ހިމެނެއެވެ. އަދި އަނެއް 10 ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
https://twitter.com/HPA_MV/status/1250505633318662144

