ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުކުރުމާއި ރައްކާކުރެވިފައި ހުރި ފައިސާ ބޭނުންކުރުމަކީ މުޅިން ތަފާތު ދެ ކަމެއް: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކުތަކުގައި ނުވަތަ ސޭވިންގްގައި ހުންނަ ފައިސާ ނަގައިގެން ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު އޮތީ ރައްޔިތުން ހީކުރާހާ މުއްސަނދި ފާގަތި ހާލަތެއްގައި ނޫންކަމަށެވެ. އަދި އިތުރުވަމުންދާ ދަރަންޏާ މެދު ފުންކޮށް ވިސްނައި ގައުމީ ފެންވަރެއްގައި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ.

މީގެ އަހަރުތަކެއް ކުރިއާ އަޅާބަލާއިރު މިއަދުގެ ހާލަތު އޮތީ ނުރައްކާތެރި ހާލަތެއްގައިކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަން 2008 ވަނަ އަހަރު ނިމުނުއިރު، ދައުލަތުގެ މުޅި ބަޖެޓަކީ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާކަމަށެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ބަޖެޓުގެ އަދަދުތައް އިންތިހާއަށް އުފުލި، މިއަދު ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ދައުލަތުން ބޮޑެތި ބަޖެޓުތައް ފާސްކޮށްގެން ރައްޔިތުންނަށް ހިދުމަތް ދެމުންދާއިރު، އާމްދަނީއާއި ހަރަދާ ދެމެދު އޮތް ފަރަގު ނުވަތަ ބަޖެޓު ޑެފިސިޓްއަކީ ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށެވެ.

އަޅުގަނޑުމެން 50 ބިލިއަން ނުވަތަ 57 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްގެން މި ޚަރަދުކުރަނީ. އެކަމަކު ދައުލަތަށް އާމްދަނީގެ ގޮތުގައި މި ލިބެނީ އަހަރަކު 34 ނުވަތަ 35 ބިލިއަން ރުފިޔާ. މީގެ މާނައަކީ ކޮންމެ އަހަރަކު 12 ބިލިއަނާއި 15 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އަޅުގަނޑުމެން މި ދަނީ ދަރަނިވެރިވަމުންނޭ

ފަލާހު ވިދާޅުވީ މިގޮތަށް އަހަރުން އަހަރަށް ދަރަނި އިތުރުވަމުން ގޮސް، މިއަދު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 160 ބިލިއަނާއި 180 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އަރާފައިވާކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި މިއީ ގައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭ ކަމެކެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގައުމީ މަސްލަހަތު އިސްކުރައްވައި، ނަމޫނާ ދައްކަވަމުންދާ ވެރިއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ސަރުކާރުގެ މާލީ ސިޔާސަތުތަކަށް މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދުދެއްވައި ފަލާހު ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އިލްމީ ގޮތުންނާއި އުސޫލީ ގޮތުން ބަލާއިރުވެސް ކުށް ހީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުތަކުގައި ނުވަތަ ސޭވިންގްގައި ހުންނަ ފައިސާ ނަގައިގެން ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުމެއް ނޫން. އެއީ އެއްވެސް ތަނެއްގައި ބަލައިގަންނާނެ އުސޫލެއް ނޫން. ފައިސާ ޗާޕުކުރުމާއި ރައްކާކުރެވިފައި ހުރި ފައިސާ ބޭނުންކުރުމަކީ މުޅިން ތަފާތު ދެ ކަމެއް

ފަލާހު ވިދާޅުވީ ބޭންކުތަކުގައި ނުވަތަ ސޭވިންގްގައި ހުންނަ ފައިސާ ނަގައިގެން ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫންކަމަށެވެ. އެއީ އެއްވެސް ތަނެއްގައި ބަލައިގަންނާނެ އުސޫލެއް ވެސް ނޫންކަމަށާއި ފައިސާ ޗާޕުކުރުމާއި ރައްކާކުރެވިފައި ހުރި ފައިސާ ބޭނުންކުރުމަކީ މުޅިން ތަފާތު ދެ ކަމެއްކަމަށް ފަލާހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: