ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީކޮށްދެވޭނެ ވަގުތުތައް ފުލުހުން ހާމަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ ހާލަތުގައި، ޑެލިވަރީކޮށްދޭ ތަންތަނުން، އެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގަޑިތައް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުދަދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނީ، ކާބޯތަކެއްޗާއި، އެހެނިހެން ބާވަތްތައް ޑެލިވަރީކޮށްދޭ ތަންތަނުން ޑެލިވަރީކޮށްދެވޭނީ، ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 14:00 އަށްކަމަށެވެ.

މީގެ އިތުރުން، ޑެލިވަރީކޮށްދެވޭނީ، މެންދުރުފަހު 15:00 އިންފެށިގެން، ހަވީރު 18:00 އަށާއި، ރޭނގަޑު 20:00 އިން ފެށިގެން 23:00 އަށްކަމަށް ފުލުހުން ހާމަކުރެއެވެ.

ކޯވިޑް- 19އިގެ ކޭސްއެއް ބުދަދުވަހު މާލެއިން ފެނުމާގުޅިގެން، އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެވަނީ ލޮކްޑައުންކޮށްފައެވެ.

މީގެ އިތުރުން، މާލެއިން ޕޮޒިޓިވްމީހަކު ފެނުމުން، އެއީ ކޮމިއުނިޓީ ސްޕްރެޑް ކޭސްއެއްކަމަށްވާތީ، އެލާރޓްލެވެލް މިހާރުވަނީ ރަތަށް ބަދަލުކޮށްފައެވެ.

މިފަދަ ހާލަތެއްގައި، ޒަރޫރީ ބޭނުމަކަށްވިޔަސް، ފުލުހުންގެ ޚާއްސަ ހުއްދައެއްނެތި ބޭރަށް ނިކުތުމަކީ މަނާކަމެކެވެ. ފުލުހުން މިހާރުވަނީ ޒަރޫރީ ބޭނުންތަކުގައި ބޭރަށްދާން ބޭނުންވާ މީހުންނަށް، އެ ކަމުގެ ހުއްދައަށް އެދޭނެ އޮންލައިން ޕްލެޓްފޯމެއް ވެސް ޤާއިމުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: