ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗުގެ ސްޕެޝަލިސްޓް އޯޕީޑީއާއި، އެހެނިހެން ކްލިނިކްތަކުގެ ޚިދުމަތްތައް މިއަދު ބަންދުވާނެ

ޑރ.ޝާންއާއި އޮޕަރޭޝަން ޓީމް ކާމިޔާބުކަމާއެކު ސްޕައިން ސާރޖަރީއެއް ނިންމަވައިލެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.ފޮޓޯ: އައިޖީއެމްއެޗްއެއްއއ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގެ ސްޕެޝަލިސްޓް އޯޕީޑީއާއި، އެހެނިހެން ކްލިނިކުތަކުގެ ޚިދުމަތްތައް މިއަދު ބަންދުވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުދަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއި ގުޅިގެން، މިއަދުން ފެށިގެން އަންނަ ހޮނިހިރުދުވަހާއި ހަމައަށް، އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީއާއި، އެހެނިހެން ކްލިނިކުތަކުގެ ޚިދުމަތްތައް މެދުކަނޑާލައިފައިވާ ކަމަށެވެ.

ނަމަވެސް، އައިޕީޑީއާއި، އިމަޖެންސީ ޚިދުމަތްތައް، އެހެނިހެން ދުވަސްތަކެކޭވެސް އެއްފަދައިން ފޯރުކޮށްދެމުންދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މި ޚިދުމަތްތައް މިހާރު މެދުކަނޑާލާފައިވީ ނަމަވެސް، އަންނަ އާދީއްތަ ދުވަހުން ފެށިގެން، ޢަމަލުކުރާނެ އުސޫލު، ހޮނިހިރު ދުވަހުގައި ހާމަކުރާނެކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: