ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތް އުފުލައިގެން ވޯޓް ނެގުން ޕީއެންސީއިން ދިފާއުކޮށްފި

ޕީއެންސީން ބޭއްވި އެތެރޭގެ އިންތިހާބާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި އަތް އުފުލައިގެން ވޯޓު ނެގުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ ކަމެއް ކަމަށް ބުނެ  ނިންމުން ޕީއެންސީން ދިފާއު ކޮށްފިއެވެ.

ޕީއެންސީން މިކަން ހާމަކުރީ ޕާޓީގެ އެތެރޭގެ ވޯޓުލުމުގެ ނިޒާމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެމުންނެވެ.

ޕީއެންސީން ބުނި ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް އެކަން ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވާ ގޮތުން، މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށާއި މެންބަރުން އިންތިޚާބު ކުރުމަށް ނަގާނީ ހާމަ ވޯޓެކެވެ. އެހެންކަމުން، އަތް އުފުލައިގެން ވޯޓު ނެގުމަކީ ގަވާއިދާ ޚިލާފު ކަމެއް ނޫން ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިއީ ވަކި ކޮމިޓީއަކުން އަމިއްލައަށް ނިންމި ނިންމުމެއް ކަމަށް ދެކެވޭ ވާހަކަތައް ޕީއެންސީން ވަނީ ދޮގުކޮށްފައެވެ. ޕާޓީގެ ހުރިހާ ގުނަވަންތަކެއްގެ ހިންގުން ބިނާވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ރަސްމީ އުސޫލުތަކުގެ މައްޗަށް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ޕީއެންސީން އިތުރަށް ބުނީ، ޕާޓީގެ އެތެރޭގެ ހިންގުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ދެފުށް ފެންނަ، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ކަމުގެ ޔަގީންކަން މެންބަރުންނަށް އަރުވާ ކަމަށެވެ. މި ނިންމުމަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެ ޕާޓީން ސިފަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: