ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭބީސީ ތަކުގައި އުފެދޭ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ވެމްކޯގެ ހާއްސަ ޓާސްކް ފޯސް އަކުން

ލޮކްޑައުން ކޮށްފައިވާ ގެތަކުން ބޭރަށް ކުނި ނެރެގެން ނުވާނެ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސްތަކެއް ފެނި މާލޭގެ ގިނަ ގެތަކެއް ލޮކްޑައުން ކޮށްފައިވާ ގެތަކާއި މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭބީސީ  ތަކުގައި އުފެދޭ. ކުނި ނެގުމަށް ހަމަޖެހިފައިވަނީ ވެމްކޯގެ ހާއްސަ ޓާސްކް ފޯސް އަކުންކަން ވެމްކޯއިން ހާމަކޮށްފިއެވެ. 

ވެމްކޯއިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ  މިފަދަ ގޭބީސީ ތަކުގައި އުފެދޭ. ކުނި ނެގުމަށް ހަމަޖެހިފައިވަނީ ވެމްކޯގެ ހާއްސަ ޓާސްކް ފޯސް އަކުންނެވެ. އަދި މިފަދަ ގެތަކުގައި ދިރިއުޅޭ ފަރުދުން، ކުނި ކޮތަޅު އިމާރާތުގެ ތިރިއަށް ނުގެނައުމަށް  ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ވެމްކޯއިން ދަނީ އެެޗް.ޕީ.އޭގެ އެންގުމަށް މިފަދަ ހުރިހާ ގޭބީސީތަކެއްގެ ކުނި ނެގުމުގެ ހިދުމަތް ދެމުންނެވެ.

ލޮކްޑައުން ކޮށްފައިވާ ގެތަކުން ކުނުނެގުމުގައި ހާއްސަ ގޮތްކަކަށް އަމަލު ކުރުމަށް ވެމްކޯއިން ނިންމާފައިވާއިރު  ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ވެމްކޯގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ އަސަރު ހުރި ތިން މީހަކު މާލެއިން ފެނުމާއި ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ކުނި ނެގުން މަޑުޖައްސާލި ކަމަށެވެ. އެހެން ނަމަވެސް ކުންފުނީގެ ޕްލޭނާއި އެއްގޮތަށް ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12:00 އިން ފެށިގެން 14:00 ޖެހުމާއި ހަމައަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ކުނިތައް ނެގުމުގައި އަމަލު ކުރާނެ އުސޫލުތައް ފާހަގަކުރައްމުން ޝާން ވިދާޅުވީ، ކުނި ބަލާ ދާ ގަޑިއަށް ކޮންމެ ގެއަކުންވެސް އެ ގެއަކުން ނެރޭ ކުނި ކޮތަޅު ގްރައުންޑު ފްލޯގައި ބެހެއްޓުމަށް އެދޭ ކަމަށެވެ. މަސައްކަތް ކުރަމުންދަނީ ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަން ފާހަގަކުރައްވަމުން ޝާން ވިދާޅުވީ ކޮންމެ ގެއަކުންވެސް ކުނިތައް ނެރޭއިރު ރަނގަޅަށް ބަންދު ކުރުމަށް އެދޭ ކަމަށެވެ. ކުންފުނީގެ ފަރާތުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ކޮންޓެކްޓުވުން މަދުކޮށް ކުނި ނެގުމަށް ކަމަށް ވެސް ޝާން ވިދާޅުވިއެވެ.

ކުނި ކޮތަޅު ބޭރަށް ނެރޭއިރު، އެ ވީހާވެސް ބޮޑަށް ބަންދުކުރުމަށް ޝާން އެދިވަޑައިގަތެވެ. އަދި ކޮތަޅަށް ކުނި އަޅާއިރު ތޫނު އެއްޗެއް ނުވަތަ ބިއްލޫރިގަނޑެއް އޮތް ނަމަ ކަރުދާސްގަނޑެއް ވަށާ ލުމަށްވެސް އެދުނެވެ. ޝާން އެދުނީ އެފަދަ ތޫނު އެއްޗެއްގެ ސަބަބުން ވެމްކޯގެ ހަށިފާރަވެރިންނަށް ނުވަތަ އާއްމުންގެ މީހަކަށް ވެސް ގެއްލުން ނުވާ ގޮތަށް ކޮތަޅު ބަންދު ކުރުމެވެ.

މާލޭގެ ބައެއް ގެތަކުގައި އައިސޮލޭޓުކޮށްފައިވާ މީހުންނާއި، އަދި ލޮކްޑައުން ގެތަކެއް ހުރިއިރު އެ ގެތަކުގެ ކުނިތައް ގެންދާނީ ވަކި ހާއްސަ ޓީމަކުންނެވެ. އެއީ އެ ކުނިތައް ގެންދިއުމަށް ޓްރެއިންޑް ޓީމުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: