ކޯވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާނެ މެޑިކަލް ސަޕްލައިސް ރާއްޖެ ގެނެސްފިއެވެ.
ދުބާއީންގެނައި މި ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ، ހުކުރުދުވަހުގެ ރޭގައެވެ.
މި ގޮތުން، 5000 ކިލޯގެ ސާމާނު ގެނެސްފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ، ކޯވިޑް-19 އަށް ފަރުވާދޭނެ މެޑިކަލް ސަޕްލައިކަމަށް މޯލްޑިވިއަނުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ގެނައުމަށްޓަކައި، މޯލްޑިވިއަނުން މީގެކުރިން އައީ ކާގޯ ފްލައިޓްތައް ޝެޑިއުލްކުރަމުންނެވެ.
ހަމައެއާއެކު ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެތެރެއިން، ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށްޓަކައި ވެސް މޯލްޑިވިއަނުން ވަނީ ފްލައިޓުތަކެއް ޝެޑިއުލްކޮށްފައެވެ.
ނަމަވެސް ކޯވިޑް-19 ފެތުރެމުން އަންނާތީ މާލެ ލޮކްޑައުންކުރުމާއި ގުޅިގެން، މިހާރު މި ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

