ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

ފޮޓޯ: މީޑިއާކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާގުޅޭ ސައްހަ ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އަނެއްކާވެސް މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން މީޑިއާ ކައުންސިލުން ހުކުރުދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުން އިތުރުވެ މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި، ސޯޝަލްމީޑިއާގެ އެކި މަންސަތަކުން ( ފޭސްބުކް، ޓްވިޓަރ ފަދަ މަންސަތައް) ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބަރޯސާވެ ޚަބަރު ގެނެސްދިނުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރުކުރުމަށް އެދޭކަމަށެވެ.

މި ގޮތުން އެ ކަން ކަށަވަރުކުރުމަށް ކަމާގުޅުންހުރި އިދާރާތަކަށް ރިޢާޔަތްކޮށް ޚަބަރުތައް ކަށަވަރުކުރުމަށް އެ ކައުންސިލުންވަނީ ބުނެފައެވެ.

މީޑއާ ކައުންސިލުން ބުނީ، ޤައުމުގެ ހާލަތު ބަދަލުވަމުން އަންނަގޮތާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުގެ އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމުގެ މުހިންމު ޤައުމީ މަސައްކަތްކުރަމުންދަނީ ނޫސްވެރިންކަމަށެވެ.

މި ގޮތުން، މީޑިއާ ކައުންސިލުންވަނީ ނޫސްވެރިންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، އެކިއެކި ފަރާތްތަކުން ނޫސްވެރިންނަށް ކުރަމުން އަންނަ ފުރައްސާރަތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އެ ކައުންސިލުންވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: