ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މާލޭ ސިޓީން 11 ވަނަ މީހަކު ޕޮޒިޓިވްވެއްޖެ!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް މާލޭ ސިޓީން 11 ވަނަ މީހަކު މީހަކު ޕޮސިޓިވްވެ ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ބުނީ، 11 ވަނަ އަށް ޕޮޒިޓިވް ވީ ވެސް ޕޭޝަންޓް 28 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. 

ކޮވިޑް-19 އަށް 10 ވަނަ އަށް ޕޮޒިޓިވް ވީ  ޕޭޝަންޓް 27 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ޕޭޝަންޓް 27 އާ ސީދާ ގުޅުން އޮތް މީހަކު ހުކުރު ދުވަހުގެ ރޭ ޕޮޒިޓިވްވި ކަން އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ. ޕޭޝަންޓް 27 ޕޮޒިޓިވްވީ ހުކުރު ދުވަހުގެ ހެނދުނުއެވެ. އެއީ މާލެ އިން އެންމެ ފުރަތަމަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އަންހެން މީހާއާ ގުޅުމެއް ނެތް މީހެކެވެ.

ހޮނިހިރު ދުވަހު ދެވަނައަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން އިއުލާންކުރި ޕޭޝަންޓް 31 އަކީ، ޕޭޝަންޓް28  ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. ޕޭޝަންޓް 28 އަކީ ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި މާލެ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ އެއްވެސް ގުޅުމެއް ނެތެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާ މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ބުރާސްފަތި ދުވަހުގެ ރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އެއީ ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. ހުކުރު ދުވަހު ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. ނަމަވެސް މިއިން އެއްވެސް މީހަކާ ގުޅުމެއް ނެތް ބަޔަކީ ފަހުން ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭސް ފެނުނީމާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޅ. ކުރެއްދޫ ދެ މުވައްޒަފުންނެވެ.

ކޮވިޑް-19 އަށް ކުރެއްދޫން ބަޔަކު ޓެސްޓްކުރީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައި އެނބުރި ގައުމަށް ދިޔަ އިޓަލީ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމުން އޭނާ އެކަން އެންގި ހިސާބުންނެވެ. އިޓަލީގެ އެ މީހާ އަށް ރިސޯޓްގައި ފަރުވާދިން ޑޮކްޓަރާއި ނަރުސް ފަހުން އެ ބައްޔަށް ޕޮޒިޓިވް ވި އެވެ.

ރާއްޖޭން ކޮވިޑް ނަވާރަ ފެނުމާއެކު މާޗު މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއެވެ. އަދި އޭގެ ފަހުން ސަރުކާރުން އަންނަނީ އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ.

މާޗު މަހުގެ ހަތް ވަނަ ދުވަހު، ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުނު ނަމަވެސް މާލޭ ސިޓީން ފުރަތަމަ ފަހަރަށް އެބައްޔަށް ޕޮސިޓިވް މީހަކު ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 32 އެވެ. އެއީ 16 ދިވެހިންނާއި ފަތުރުވެރިންނާއި ބިދޭސީން ހިމެނޭ ގޮތަށް 16 މީހެކެވެ. އޭގެ ތެރެއިން ދެ ފަތުރުވެރިއަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ.

ރާއްޖެ އިން މިހާތަނަށް ބަލި ޖެހުނު 16 މީހުންނަކީ މާލެއިން ޕޮޒިޓިވްވި 11 މީހުންނާއި އިނގިރޭސި ވިލާތުން ރާއްޖެ އައި 4 ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސެކެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކުވަނީ ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: