ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ޚިދުމަތްތެރިންނަށް އަޅުގަނޑާއި ސަރުކާރުވަނީ ދަރާފައި: ރައީސް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރީން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތަކީ އަގުނުކުރެވޭ ވަރުގެ ބޮޑު ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން އެންމެން ރައްކާތެރި ކުރުމަށް ޓަކައި ދިވެހި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރީން ނަގަމުން ދަނީ ބޮޑު ރިސްކް އެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ ހިދުމަތްތެރީން ކޮށްދެމުންދާ ހިދުމަތަށް، މި ވަނީ އަގު ނުކުރެވޭ ބޮޑު އަދަދަކުން ދަރަނިވެފައި ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރީންނަށް އެމަނިކުފާނާއި ސަރުކާރު ދަރާފައިވާ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ޑޮކްޓަރުންގެ ދުވަހާއި ކުރިމަތިލާން މި ޖެހުނީ އެ ފަރާތްތަކުގެ ހިދުމަތަށް ގައުމަށް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ވެސް ރައީސް ސޯލިހުވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވައި ސާބަސް ދެއްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ޖީލުގެ އެންމެ ބޮޑު ބަލި މަޑުކަމުގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސިއްހީ ހިދުމަތްތެރިން ކުރައްވާ ބުރަ، މިންނެތް މަސައްކަތް އެންމެންނަށް ފެންނަމުންދާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވާއިރު ސިއްހީ ހިދުމަތްތެރިން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވާ ހާއްސަ ޓީމެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: