ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ރަށްރަށަށް މުދާ ގެންދެވޭނެ!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް މާލެއިން ފެނުމާއެކު، މާލެ ސަރަހައްދު ލޮކްޑައުން ކުރިނަމަވެސް އަތޮޅުތެރޭގެ ރަށްރަށަށް ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސައިފި އެވެ.

މާލެ ސަރަހައްދަށް އަރައި ފޭބުން ވަނީ މަނާކޮށްފައި އޮތަސް ފުލުހުން އިދާރާ އިން ބުނީ ރަށްރަށާއި ރިސޯޓްތަކަށް ބޭނުންވާ މުދަލާއި ފެން ގެންދިއުމަށްޓަކައި މާލޭ ނޯތު ހާބަރަށް އުޅަނދުތަކަށް ވަދެވޭނެ ކަމަށެވެ.

ފުލުހުން ބުނީ އެފަދަ އުޅަނދުތަކުގައި އަންނަވާނީ އޭގައި ހިމެނޭ ފަޅުވެރިން ކަމަށާއި އެނޫން އިތުރު ބަޔަކު އައިސްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ދަތުރުތައް ފެށުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަށް އެކަން އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ހުއްދަ ނެތި އެހެން ރަށްރަށަށް ދަތުރުކުރުން މިހާރު އޮތީ ރާއްޖޭގައި މަނާކޮށްފަ އެވެ.

ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، މާލެ ސަރަހައްދަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: