މަޖިލީހުން މާދަމާވެސް ހައްގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފާނެ ކަމަށާއި އެހެންކަމުން ހައްގުތައް ނެތިކޮށްލުމުގެ ޖާގަ ކުޑަކުރުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅިގެން ސަންގުން ކުރިއަށް ގެންދިޔަ ކަަވަރޭޖުގައި ފައްޔާޒް ވިދާޅުވީ ވަކީލުންދެކެވެސް ވަރަށް ގިނަ މީހުން ރުޅި އަންނަ ކަމަށާއި އެހެންނަަވެސް ކޮންމެ މީހަކަށްވެސް ވަކީލަކު މުހިންމު ވަނީ އޭނާއާއި މެދު ތުހުމަތެއް ކުރެވޭ ހިސާބުން ކަމަށެވެ. ފައްޔާޒް ވިދާޅުވީ ހަނު ހުރުމުގެ ހައްގަށްވެސްވަނީ އެހެން ކަމަށް ފާހަގަކުރައްވާ ގފައްޔާޒް ވިދާޅުވީ ހަނު ހުރުމުގެ ހައްގުވެސް އޮންނަނީ ކުށެއް މީހަކު ނުކރާ ހާލަތުގައި އޭނާގެ ރައްކާތެރިކަމަށް ކަމަށެވެ.
އޭނާ ހަނުހުރެއްޖެ ނަމަ ދެން ކުރެވޭނީ ކީއްތޯ ފައްޔާޒް ސުވާލު އުފެއްދެވިއެވެ. ކޮންމެ ހާލަތެއްގައިވެސް، ނުވަތަ ގައުމީ ސަލމާތަަށް ނުރައްކާވާފަދަ ހާލަތުގައިވެސް އެމީހަކު ހަނު ހުރެއްޖެނަމަ އޭނާގެ “އިނގިލި“ ބިންދައިގެން އެއްޗެއް ބުނުވަންވީތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ފައްޔާޒް ވިދާޅުވީ މައުސޫމް މީހަކު އޭނާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން އޭނާއަށް ނުހައްގު ހުކުމް ކޮށްފައި ހުރި ކަމަށެވެ.
“ކަންބޮޑުވާންވީ ހަނު ހުންނާތީއެއް ނޫން ކަންބޮޑުވާންވީ. ކަންބޮޑުވާންވީ ބައިވަރު ފައިސާ ހަރަދުކޮށްގެން އެ ފޮރެންސިކްސްއާއި އެ ތަހުގީގު އަޅުގަނޑުމެން ވަރުގަދަ ކުރުން. ކޯޓުތަކުގެ ގާޒީން އަދުލުވެރިވުން އެކަންއެކަން އަޅުގަނޑުމެން ކޮސް ނިންމާފައި ދެން ތިކަން ނުވެއްޖިއްޔާމު ހަނު ހުރުމުގެ ބަޔާއި އިނގލިބިންދަން މީހުންލައްވާ އެއްބްސް ކުރުވާނީ“
ފައްޔާޒް ވިދާޅުވީ ހައްގުތައް ނެތިކޮށްލުމުގެ ޖާގަ ކުޑަކުރުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ. މަޖިލީހުން މާދަމާވެސް ހައްގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފާނެ ކަމަށާއި ބައެއް ހާލަތްތަުގައި އަނިޔާކޮށްގެން އެމީހެއް ލައްވާ އަނަގައިން ބުނުވަންވެސް މަސައްކަތް ކޮށްފާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް އެފަދަ ކަންކަން ކޮށްފައި ހުރި ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ ރައްޔިތުން ކަމެއް ބޭނުންވާ ހާލަތުގައި އޭގައި. ކުރެވޭނެ ކަމެއް ނނޯންނާނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުން އެ ލާ ވޯޓަކީ ސައްހަ ވޯޓެއްތޯ ކަށަވަރު ކުރުމަށް ބައިވަރު ކަންކަން ކުރަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އަނެއްކާވެސް މަސައްކަތް ފެށިފައި އޮތީ ވަރަށް ބައިވަރު ކަންތައްތަކެއް ކޮށްގެން ހައްލުތަކއް ިލިބޭތޯ ކަމަށެވެ.

