ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑްއެއް ވެރިރަށް މާލެއިން ފެނި ކޭސް 27 އާއި ޑައިރެކްޓު ކޮންޓެކްޓުވީ ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި، މާލެއިން މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައި ވަނީ ބުދަ ދުވަހުއެވެ. އެއަށްފަހު މިހާތަނަށް ފެނުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 14 އަށް އަރާފައެވެ. އަދި މިއަދުގެ މިހާ ހިސާބަށް ފެނުނު މިއީ 4 ވަނަ ކޭސްއެވެ.
ބުދަ ދުވަހު އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި މާލެއިން ފެނުނު ކޭސްއާއި ކޮންޓެކްޓުވެ އޭނާގެ ތުއްތު ދަރިފުޅު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ޕޭޝަންޓް 21 އަދި 22 އެވެ. އެއަށްފަހު ތިން ވަނައަށް ބައްޔަށް ޕޮޒިޓިވެފައިވަނީ މާލެއިން އެންމެ ފުރަތަމަ ބަލީގެ އަސަރު ފެނުނު މީހާއާއި ޑައިރެކްޓު ކޮންޓެކްޓު ވީ މީހެކެވެ. ޕޭޝަންޓު 23 ވަނީ ބަލި ކުރިން ޖެހުނު ދެ މީހުންނާއި ވެސް ބައްދަލު ވެފައެވެ.
އޭގެ ފަހުން ޕޭޝަންޓު 23 އާއި ކޮންޓެކްޓު ވެ ބައްޔަށް ދެ މީހަކު ޕޮޒިޓިވް ވިއެވެ. އެއީ އޭނާގެ އާއިލާގެ ދެ މީހުންނެވެ. ޕޭޝަންޓު 24 އާއި 25 މި ކޭސްތަކާއި ލިންކުވެއެވެ.
އެހެން ނަމަވެސް އޭގެ ފަހުން ޕޮޒިޓިވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 މީގެ ކުރިން ޕޮޒިޓިވް ވީ އެއްވެސް މީހަކާއި ގުޅުމެއް ނެތެވެ. އޭގެ ތެރެއިން އެކަކު އެއީ އެއާޕޯޓުގެ މުވައްޒަފެކެވެ. އޭނާ ދެނެގަނެވުނީ ފްލޫ ކްލިނިކްއަށް ދެއްކުމުން، ބަލީގެ އަލާމާތްތައް ހުރުމުން ޓެސްޓުތަކަށް ފަހުއެވެ. މީގެތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ބައްޔަށް ޕޮޒިޓިވް އެވެ. ކޮންޓެކްޓު ޓްރޭސިންގައި ދެ މީހަކު ބައްޔަށް މިއަދު ޕޮޒިޓިވް ވިއެވެ. އަދި ފުރަތަމަ މީހާ ޕޭޝަންޓު 27 އާ އަދި ދެވަނަ މީހާ ކޮންޓެކްޓުވީ ޕޭޝަންޓު 28 އާއި އެވެ. ދެވަނަ މީހާއަކީ ބަންގަލެދޭޝްގެ މީހެކެވެ.
https://twitter.com/HPA_MV/status/1251466559702220801

