ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ވޮލަންޓިޔަރުންގެ ގޮތުގައި 300 ޒުވާނުން

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކް ޑައުންކޮށްފައިވާތީ ފިހާރަތަކުން ޑެލިވަރީ ކުރުމާއި އެނޫންވެސް ކަންކަން ކުރުމަށް ދިމާވެފައި ދަތިތައް ހައްލުކުރުމަށް ޒުވާނުންގެ އެހީއަށް ސަރުކާރުން އެދުމުން 300 އަށް ވުރެ ގިނަ ޒުވާނުން އެކަމަށް ވޮލަންޓިއަރ ކޮށްފިއެވެ.

ހުކުރު ދުވަހު ޔޫތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ޑެލިވެރި ކުރުމަށް ދިމާވެފައިވާ ގޮން ޖެހުމަށް ހައްލެއް ހޯދައިދިނުމަށް ވޮލަންޓިއަރ ކުރާނެ ޒުވާނުން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީ އެދުމާއި އެއް ގޮތަށް މިހާލަތުގައި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިވުމަށް 300 އަށް ވުރެ ގިނަ ޒުވާނުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިކަމަށެވެ.

ވޮލަންޓިއަރ ޚިދުމަތަށް ކުރިމަތިލީ ޒުވާނުން އެންމެ ފުރަތަމަ އެމީހުންގެ ރެކޯޑުތައް ސާފު ކުރުމަށްފަހު އެ ހިދުމަތް ދިނުމުގައ ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން ހަރަކާތްތެރިވާން ފަށާނެއެވެ. އަދި ހަރަކާތްތެރިވާން ފަށާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: