ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއާއި ފުވައްމުލަކު މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް އަަންްގަައިިފިި

އައްޑޫސިޓީގެ މިސްކިތެއް. ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިއަދު ފެށިގެން 23 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ ޢަޞުރުނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ނުހެދުމަށް އަންގާކަމަށެވެ.

އެ މިނިސްޓްރީން މި ގޮތަށް ނިންމާފައިވަނީ، ކޮވިޑް-19 އިގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށްފައެވެ.

މި ގޮތުން އެ މިނިސްޓްރީން ބުނީ، މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް މި ފިޔަވަޅު އަޅަން ނިންމީ ރާއްޖޭގައި މި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކަމަށާއި، މިި ގޮޮތަަށްް ނިިންްމީީ އިސްލާމީ އެންމެ މަޖިލީހާއި، ދީނީ ޢިލްމުވެރިންގެ ލަފާފުޅުގެ މަތިން ކަމަށެވެ.

މި ގޮތުން ގްރޭޓަރ މާލޭސިޓީގެ މިސްކިތްތަކާއި، ރިސޯޓުތަކުގެ މިސްކިތްތަކުގައި ފަރުޟުނަމާދުތަކާއި ހުކުރުނަމާދުގެ ޖަމާޢަތް 30 އޭޕްރީލްގެ ނިޔަލަށް ނުހެދުމަށް ވެސް އެ މިނިސްޓްރީންވަނީ އަންގާފައެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ބުނީ، އެއްވެސް ރަށެއް ލޮކްޑައުންކޮށްފިނަމަ، އެ ރަށެއްގައި ވެސް މި ފިޔަވަޅު ތަންފީޒުކުރަން އަންގާކަމަށެވެ.

އިސްލާމިކް މިނިސްޓްރީންބުނީ، މިސްކިތްތައް ބަންދުކޮށްފައިވާ މި ހާލަތުގައި، މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ”ޞައްލޫ ފީ ބުޔޫތިކުމް“ އަދި ދިވެހިބަހުން ”ހުރިހައި ބޭފުޅުން ވެސް ގޭގައި ނަމާދުކުރައްވާ“ މި ފަދައިން ދެ ފަހަރު ގޮވުމަށް ވެެސްް އިމާމުންނަށް އަންގާކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީންވަނީ، ފަރުޟު ނަމާދު ޤާއިމުކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާންކިޔަވައި، ގިނަގިނައިން ދުޢާކޮށް އިސްތިޣްފާރުކުރުމަށް އެންމެހައި ރައްޔިތުންނަށް ވަސިއްޔަތްކޮށްފައެވެ.

ހަމައެހެންމެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲ ގެ ރަޙުމަތުން މާޔޫސްނުވެ ސަބަބުތަކުގައި ހިފައި، އެ އިލާހަށް ފުރިހަމައަށް ވަކީލުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: