ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޕާލް އަދި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުން މި ހަފްތާގައި ރާއްޖެއަށް ގެންނަނީ!

ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއަށް ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ނޭޕާލުން އަންނަ 18 ދިވެހިންނާއި، ބަންގްލަދޭޝްއިން އަންނަ 51 ދިވެހިންނެވެ.

މި މީހުން ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރާ ބަންގްލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެޤައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. މިމަތިންދާބޯޓުން ރާއްޖެއަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން އާދިއްތަ ދުވަހު ނޭޕާލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރާނެއެވެ. އަދި މި ފްލައިޓުން ރާއްޖެއަށް އަންނަ ދިވެހިން ތިބީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައިކަމުން، އެމީހުން ވެރިރަށް ޑާކާއަށް ގެންދިޔުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ.

މިކަމަށް މަގުފަހިކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް 2 ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާކުރައްވާފައިވެއެވެ.

ބަންގްލަދޭޝްއިން އަންނަ ފްލައިޓްގައި ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެޤައުމުގެ މެޑިކަލް ޓީމެއްވެސް ރާއްޖެއަށް އަންނާނެއެވެ. މި ޓީމަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް 100 ޓަނުގެ އެހީގެ ތަކެތި ހިފައިގެން އަންނަ އެގައުމުގެ އަސްކަރީ މަނަވަރު މިފެށޭ ހަފްތާގެ ތެރޭގައި މާލެއަށް ބަނދަރު ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: