ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗުގައި އޮންލައިން ކްލިނިކްތަކެއް ޤާއިމްކުރަނީ

ފޮޓޯ:އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން، އޮންލައިން ކްލިނިކްތަކެއް އައިޖީއެމްއެޗުން ޤާއިމްކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެ ސަރަޙައްދު ލޮކްޑައުންކުރުމާއި ގުޅިގެން، ޑޮކްޓަރަށް ދައްކަން ބޭނުންވާ ބަލިމީހުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 20 އޭޕްރީލް އިން ފެށިގެން އޮންލައިން ކްލިނިކްތަކެއް ޤާއިމުކުރަން ހަމަޖައްސާފައިވާކަމަށެވެ.

މި ގޮތުން، އެ ހޮސްޕިޓަލުގައި ޤާއިމުކުރާ ކްލިނިކްތަކުން ކޮންމެ ދުވަހަކު ދިހައަކާއި ފަނަރައާއި ދެމެދުގެ ޢަދަދެއްގެ ބަލިމީހުންނަށް ޚިދުމަތް ލިބިގެންދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މި ގޮތުން ޤާއިމްކުރާ ކްލިނިކްތަކުގައި އަލަށް ޚިދުމަތްދޭން ފަށާ ޑިޕާޓްމަންޓްތަކުގެތެރޭގައި، ނާރުގެ ބަލިތަކާބެހޭ ޑިޕާޓްމަންޓާއި، ހިތުގެ ބަލިތަކާބެހޭ ޑިޕާޓްމަންޓާއި، ޢާންމު އޮޕަރޭޝަންތަކާބެހޭ ޑިޕާޓްމަންޓް ހިމެނެއެވެ.

މީގެ އިތުރުން، ކެންސަރު ބަލިތަކާބެހޭ ޑިޕާޓްމަންޓަކާއި، އެތެރެހަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓަކާއި، ޕުއްޕާމޭގެ ބަލިތަކާބެހޭ ޑިޕާޓްމަންޓަކާއި، ކިޑްނީބަލިތަކާބެހޭ ޑިޕާޓްމަންޓެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކާބެހޭ ޑިޕާޓްމަންޓެއް ވެސް ޤާއިމުކުރުމަށް ހަމަޖައްސާފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މި ކްލިނިކްތައް ހުޅުވާނީ، ހޯމަދުވަހާއި، ބުދަދުވަހާއި، ހޮނިހިރު މި ތިން ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 13:00 އަށްކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ މި ކްލިނިކްތަކުން ޚިދުމަތް ފޯރުކޮށްދޭނީ ވީޑިއޯ ކޯލްގެ ޒަރީޢާއިންކަމަށާއި، ޑޮކްޓަރަށް ދެއްކުމަށް ރިކުއެސްޓްކޮށްފައިވާ ތަރުތީބުން ބަލިމީހުންނަށް ގުޅަމުން ގެންދާނެކަމަށެވެ.

މީގެ އިތުރުން، މި ކްލިނިކްތަކާބެހޭ އިތުރު މަޢުލޫމާތު އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 3335335 އަށް ގުޅުމުން ލިބިގެންދާނެކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން މި ކްލިނިކްތައް ޤާއިމުކުރަން ނިންމާފައިވާއިރު، މިހާރު ވެސް އެެ ހޮޮސްްޕިިޓަަލުުގަައިި ޑިޕާޓްމަންޓަކުން ޚިދުމަތްދެމުން ގެންދެއެވެ. އެއީ އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓަކާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓެކެވެ.

މި ދެ ޑިޕާޓުމަންޓުން ޚިދުމަތްދޭ ގަޑިތަކަށް ބަލައިލާއިރު، އަންހެނުންގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުން ފަރުވާދެމުން ގެންދަނީ ހެނދުނު 08:30 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށެވެ. ނަފްސާނީ ބަލިތަކާބެހޭ ޑިޕާޓްމަންޓުން ފަރުވާދެމުންދަނީ، ހެނދުނު 10:00 އިން ފެށިގެން، މެންދުރު 12:00 އާއި ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: