މާލެ ސިޓީގައި ކޮރޯނާ ވައިރަސް، ކޮމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވެ ބަލީގެ އަސަރު ހުރި އިތުރު މީހެއް ފެނިއްޖެއެވެ.
މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ ހަތް ވަނަ މީހާއެވެ. އަދި ބުދަ ދުވަހު ފެނުނު ފުރަތަމަ ކޭސްއާއި އެކު ޖުމްލަ އަދަދު މިހާރު ފަނަރައަށް އަރައެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަލަށް ފެނުނު މީހާއާއި އިތުރު ކޭސްއަކާއި ގުޅުމެއް ހުރިކަމަށް އަދި ނުބެލެވޭ ކަމަށެވެ. އެހެން ކަމުން މިއީ އާ ކްލަސްޓާއެއްގެ ގޮތުގައި ބެލެވޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

