ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލުތަކެއްގެ ދަށުން ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން އެއް ގަޑިއިރު: މިއީ ލިބޭ އީދެއް ނޫން!

އެކެއްގެ ހައްގަށް އަނެކަކު އިހުތިރާމް ކޮށްގެން ނޫޏް ގޮތަކަށް ކުރިއެއް ނާރާނެ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.

ބުދަ ދުވަހުގެ މެންދުރެއްހާއިރު އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސްގެ އަސަރު ފެނުމާއި އެކު މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން ހާލަތަކަށް ގެނައީ ކުއްލި ގޮތަކަށެވެ. އާއްމުންގެ ގިނަ މީހުންގެ އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ވެގެންދިޔައިރު ޒަރޫރީ ބައެއް ބޭނުންތައް ފުއްދޭނެ ގޮތެއް އޮތީ ނުހޯދިފައެވެ. އެގޮތުން ތައްޔާރުވާން ލިބުނު ބައިގަޑިއެއްހާ އިރު ތެރޭގައި އާއްމުން ފިހާރަތައް ފުރާލިއެވެ.

ބައެއް ފަރާތްތަކުން ފިހާރައިން ގަނޑުކޮށް ތަކެތި ގަނެ ހެދިއިރު، ބައެއް ގެތަކަށް ތައްޔާރުވާން އެއްވެސް ފުރުސަތެއް ނުލިބުނެވެ. އަދި ކުއްލިގޮަތަކަށް މާލެއަށް ދިމާވި ހާލަތާއި ގުޅިގެން ކާފިއުގެ ގަޑީ ޑެލިވަރީގެ ހިދުމަތް ދޭ ފަރާތްތަކަށް ވަރަށް ދަތިވެގެން ދިޔައެވެ. ކަންމަތީ ބައެއް ފިހާރަތަކަށް މިހާރު ވަނީ ހުއްދަތަށް ދޫކޮށްފައެވެ. ނަމަވެސް ކޭޓާ ކުރުމުގައި އަދިވެސް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އެބަހުއްޓެވެ. އޭގެ އެންމެ ބޮޑު އެއް ދައްޗަކީ ޑެލީވަރީ ކުރާ މީހުން މަދުވުމެވެ. އެކަން ހައްލު ކުރުމަށް، އާއްމުންނަށް ހުޅުވާލި ފުރުސަތުގައި 300 އަށް ވުރެ ގިނަ މީހުން ވޮލަންޓީއާ ކުރިއެވެ. އަދި ސިފައިންނާއި ފުލުހުންވެސް ދަނީ މި މަސައްކަތްތަކުގައި ހަރަކާތްތެރި ވަމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރުޝް ވިދާޅުވެފައިވަނީ ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ނިކުންނަން ޖެހޭ މީހުން ތިބޭތީ އާއިލާތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދޫކުރަން ނިންމާފައިވާކަން ހާމަކުރެއްވިއެވެ. އަދި އެ ފަރާތްތަކަށް ހުއްދަ ލިބޭނީ އެއް ގަޑިއިރަށް ވިޔަފާރި ކުރުމަށް ކަމަށާއި އަދި ނިކުމެ އުޅޭނީ މާލޭގެ ވަކި ސަރަހައްދުތަކެއްގައި ކަން ފައިރޫޝް ވަނީ ފާހަގަކުރައްވާފައެވެ. ފައިރޫޝް ވިދާޅުވީ ގޮތުން މާލޭގެ 26 ސަރަހައްދެއް އެކަމަށް ހާއްސަކޮށް ވަނީ ކަނޑައަޅާފަ އެވެ.

”އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ މިހާރު މިއޮތް ހާލަތުގައި ގެއިން ނިކުމެގެން ބޭރުގަ އުޅޭ އުޅުމަށް ކޮންމެވެސް ވަރަކަށް ކޮންޓްރޯލެއް ގެންނަން ޖެހޭތީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކޮންމެ ގެއަކުން ވެސް ބޭރަށް ނިކުމެ ކުރައްވަން ޖެހޭ ކަންކަން ކުރުމަށް ގަޑިއެއްހާ އިރުގެ ފުރުސަތެއް ދިނުން. މިގޮތައް ހެދީމަ ކޮންމެ ގޮތެއް ވިޔަސް މަގުމަތީގަ މީހުން އުޅޭ އުޅުން މަދުވެގެން ދާނެ އަދި ފިހާރަތަކަށް އިތުރު ފަސޭހައެއް ލިބޭނެ،“ ފައިރޫޝް

އަމަލު ކުރެވޭނެ އުސޫލުތައް އިތުރަށް ތަފްސީލުކޮށްދެއްވައި ފައިރޫޝް ވިދާޅުވީ ހުއްދައިގެ ދަށުން ނިކުމެ އުޅޭ ކޮންމެ މީހެއްގެ ފޯނުގައި ހާއްސަ ކިއުއާރު ކޯޑެއް އިންނާނެ ކަމަށެވެ. އަދި އެ ކޯޑު ސްކޭން ކުރުމަށްފަހު ހުއްދަ ދީފައިވާ ސަރަހައްދާއި ގަޑި އަދި އިތުރު މައުލޫމާތުތައް އެއްވެސް އުނދަގޫކަމެއް ނެރި ފަސޭހައިން ލިބޭނެ ކަމަށެވެ. ފައިރޫޝް ވިދާޅުވީ، ހުއްދަ ނެތް ޒޯނަކަށް މީހަކު އެތެރެވިޔަސް އެ މީހަކު ޓްރެކް ކުރެވޭނެ ކަމަށެވެ.

އެހެން ކަމުން މާލެ އެ ބަހާލެވެނީ 26 ޒޯނަކަށެވެ. އަދި ފައިރޫޝް ވިދާޅުވީ ގޮތުން އިސްކަން ދީފައިވާނީ ސަރަހައްދުގެ އާބާދީ އާ ފިހާރަތައް ހުރި ނިސްބަތަށެވެ. އަދި މި އަތުރާލެވިފައިވާ ގޮތުން ފަސޭހައިން އާމުންނަށް ފަސޭހަވާނެކަން ފައިރޫޝް ފާހަގަކުރެއްވިއެވެ.

އާންމު ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް މިހާރު ވެސް ހުއްދަ ދިން ނަމަވެސް އާ ބަދަލުތަކާއެކު ވިޔަފާރިތަކުން މުއައްޒަފުން ދާން އޮންނަ ޑިއުޓީއާ ބެހޭ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް އެ ޑިއުޓީ ވަގުތުތަކަށް މުއައްޒަފުންނަށް ވަޒީފާއަށް ދިޔުމުގެ ފުރުސަތު ދޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: