ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ ޙަޤީގީ މާނައަކީ ކޮންޓެކްޓް ޓްރޭސިން!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފަދަ ބަލާއާފަތަކީ ކޮންމެ ކޮންމެ ދުވަހަކު ދިމާވާ ކަންކަމެއް ނޫނެވެ. އެހެންވުމުން މިފަދަ ދަނޑިވަޅެއްގައި އަތް ދަށުން ކަމެއް ދޫ ވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގައިވެސް އެ އުޅެނީ މި ކަމުން އަރައިނުގަނެވިގެންނެވެ. ގޮންޖެހުންތައް ބޮޑު ކަމުންނެވެ. ވީމާ ރާއްޖެފަދަ ޤައުމެއްގައި އެފަދަ ގޮންޖުންތަކާއި އުނދަގޫތައް ހުންނާނެއެވެ. މިފަދަ ކަންކަމުން އިބްރަތް ލިބިގަނެ، ކުރިޔަށް ކަންކަން ރާވާ ހިންގާއިރު، އެފަދަ ދެވަނަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރަންވާނެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބިރުވެރި ކޮޅިގަނޑުގައި ރާއްޖެވެސް މިވަނީ ޖެހިފައެވެ. ދުނިއަށް މިކަމެއް ކުރިމަތިވީއްސުރެ އިންޒާރު ކުރަމުން ދިޔަ ބިރުވެރި ކަމުގެ ވަގުތު މިއޮތީ އައިސް ބައްދަލުވެފަ އެވެ. މިއީ އެންމެން ވެސް ކަންބޮޑުވެ އަންނާނެ ކަމަށް ބަލައިގެން ތިބި ހާލަތެކެވެ. ނަމަވެސް އެންމެ ބޮޑު ބިރުކަމެއް ލައިގަތީ ވެރިރަށް މާލޭ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއް ފެނުނު ހިސާބުންނެވެ. އެހެން އެކަން އެވީ ކޮންމެވެސް އެއް ދިމާލަކުން ބަލަންވާ ވަރަށް ނުބަލައިގެން ނުވަތަ އަތް ދަށުން ކަމެއް ދޫކޮށްލެވިގެންނެވެ. ދެން އެކަމަކު އެވާހަކަ ދެއްކުމުގައި ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި، މިކަމުން އަރައިގަނެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ފަށަންވީއެވެ.

ކޮވިޑް-19 ފެތުރިގަނެ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ކުޑަކަކޫ މައްޗަށް ތިރިކޮޅު މުޅި ގައުމު ހިމޭންކޮށްލިއެވެ. ހަމަ އެގޮތަށް ރާއްޖެ އާއި ރާއްޖޭގެ ވެރިރަށުގެ ރައްޔިތުންގެ ޙާލަތަކީވެސް މިއެވެ. 21 ވަނަ ގަރުނުގައި މުޅި އިންސާނިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލުން އަރައިގަތުމަށް މިވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރައްކާތެރިވުމަށްޓަކައި މުޅި މާލެ ސަރަހައްދާ އަތޮޅުތައް މިވަނީ ލޮކްޑައުން ކުރެވިފައެވެ. ރައްޔިތުންގެ ރައްކަލަކަށެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ލޮކްޑައުން (ފުރަބަންދު) ކުރަނީ ހަމަ ގޭބިސީތަކުން މީހުން ނުކުތުން ހުޓުވަން ކުރާކަމެއްތޯއެވެ. ނޫނީ ފުރަބަންދުގެ މަޤްސަދާ ބޭނުމާއި މެދު ސުވާލުއުފެދެއެވެ. ހަޤީގަތުގައި އެކަން ކުރަނީ ކޮމިއުނިޓީ ސްޕްރެޑްގެ މަރުހަލާއަށް އެރަށެއް ނުވަތަ ސަރަހައްދެއް ދިޔުމުންނެވެ. މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވް ހިސާބުން ޑޮކްޓަރުންވެސް ވިދާޅުވީ އެގޮތަށެވެ. މީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށެވެ.

ކޮމިއުނިޓީ ސްޕްރެޑަކީ މި ބަލި ފެތުރުމުގެ އެންމެ ނުރައްކާތެރި އެއް މަރުޙަލާއެވެ. އެހެންވުމުން އެކަން ހުއްޓުވުމަށް ”ކޮންޓެކްޓް ޓްރޭސިން“ ހަދަންޖެހެއެވެ. އެބަލި ހުއްޓުވާ އަދި އިތުރު ބަޔަކަށް އެބަލި ޖެހިދާނެތޯ ދެނެގަތުމަށެވެ. ޙަޤީގީ ލޮކް ޑައުން އަކީ އެޔެވެ.

ކޮންޓްކްޓް ޓްރޭސިންގެ މަރުޙަލާގައި ބަލި ޖެހިފައިވާ މީހާއާ ބައްދަލުވި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރެވެއެވެ. އެކަން ދެނެގަތުމަށްޓަކައި ބަލިޖެހިފައިވާ މީހާއާއި އެހެން ނޫންނަމަ ޝައްކުވާ ފަރާތުން މައުލޫމާތުތައް ހޯދާ ކޮންޓެކްޓްވި ފަރާތްތަކުގެ މައުލޫމާތު ހޯދާ ލިސްޓު ކުރެވެއެވެ. އަދި މައުލޫމާތުން އެއްކުރެވޭ އެލިސްޓުގައި ހިމެނޭ ފަރާތްތަކާ ބައްދަލުކުރެއެވެ. އެކަން ކުރަނީ ވަކިން އޮންނަ ޚާއްސަ ޓީމަކުންނެވެ. އެފަރާތްތަކުން ލިބޭ މައުލޫމާތުގެ އަލީގައި އެހެން މީހުން ދެނެގަނެއެވެ. އެގޮތުން ބަލީ ނުރައްކާ ބޮޑު މީހުން ދެނެގަނެ ފިޔަވަޅުތައް ނަގަން ފަށައެވެ.

މި މަރުޙަލާގައި ބަލި ޖެހިފައިވާ މީހަޔާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ހޯދާ އެކަހެރިކުރެވެއެވެ. އެކަން ކުރަނީ އެމީހެއްގެ ގައިގައި ބަލި ހުރިތޯ ބެލުމަޑާއި ނުވަތަ އަލާމާތްތައް ހުރިތޯ ދެނެގަތުމަށެވެ. އަދި ޢަލާމާތެއް ނެތް ނަމަ ޞިއްޙީ ކަރަންޓީނަށް ގެންދެވެއެވެ. އަދި ވަކި މުއްދަތެއް ވަންދެން އެމީހަކަށް އަންނަމުންދާ ބަދަލުތައް މޮނީޓަރ ކުރެއެވެ. ލޮކްޑައުންގެ ހާލަތުގައި އެކަން ކުރަން އެތަކެއް ފަސޭޙަތަކެއް ވަނީ އެހެންވެއެވެ. މީހުން އެއްވެ އުޅުމާއި، އެއްތަނުން ދިޔުމާއި އެފަދަ ކަންކަމުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓު ޓްރޭސިން ހެދޭނަމަ ބަލި ފެތުރޭ މިންވަރު މަދުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރެއްގައި ބަލި ފެތުރުން ހުއްޓުވިދާނެ ކަމަށް ބެލުމަކީ ބުއްދިވެރި ވިސްނުމެއް ނޫނެވެ. އެއީ އެއްބަޔަކު ވަރަށް ބަލިކޮށް އުޅޭތަން ފެނުނަސް އެއްވެސް ވަރަކަށް އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުންވެސް މި ވައިރަސް ފެތުރޭތީއެވެ. ކޮންޓެކްޓު ޓްރޭސިން ހެދުމުން ބަލީގެ ޢަލާމާތްތައް ނުފެނުނަސް ބަލިޖެހުމުގެ ޗާންސް އޮތް ފަރާތްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަގުތު ލިބިގެންދެއެވެ.

ލޮކްޑައުންގައި ކުރާ ޙަޤީގީ މަސައްކަތަކީ އެއީއެވެ. ދުނިޔޭގައި ކޮވިޑް-19 ފެތުރެމުގައި ރާއްޖޭގައި ހެދި ލަފާކުރުންތަކުން ފެނިފައި އޮތީ  އެޕްރީލް މެދުތެރޭގައި، ކޮމިޔުނިޓީ ސްޕްރެޑަކަށް ހިނގައިދާނެ ކަމަށެވެ. އަދި އެކަން މިވަނީ ޙަޤީގަތަކަށްވެފައެވެ. ދުނިޔޭގެ އެހެން ގިނަ ސިޓީތަކާ މާލެ ތަފާތެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހުން ބޮޑު އެއް ސަހަރެވެ. އެތައް ބަޔަކަށް ދިމާވާނެ އުނދަގޫތައް ވެސް ގިނަ އެވެ. މިއީ ބިރުވެރި ދަނޑިވަޅެކެވެ. ނަމަވެސް ލޮކްޑައުން ވެގެން ތިބުން ނޫން ގޮތެއް ނެތެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: