ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ޕޮޒިޓިވް ވި ބަންގްލަދޭޝް 13 މީހުންނަކީ ލިލީގައި މަސައްކަތް ކުރާ މީހުން: މަބްރޫކް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވި ބަންގްލަދޭޝް މީހުންނަކީ ލިލީގައި މަސައްކަތް ކުރާ މީހުންކަމަށް މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަބްރޫކް ވިދާޅުވީ، ޕޮޒިޓިވް ވި ބަންގްލަދޭޝްގެ 13 މީހުންނަކީ ލިލީގައި މަސައްކަތް ކުރާ މީހުންކަމަށާއި، މި އެންމެން ވެސް ތިބެނީ އެއްތަނެއްގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މީގެ ތެރޭގައި ޑެލިވަރީ ކުރާ މީހުންނާއި ގޭގެއަށް ގޮސް އޭސީ މަރާމާތުކޮށްދޭ މީހުން ވެސް ހިމެނޭކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިހާރު މި ފެނުނު ކޭސްތަކާ އެކު ޖުމްލަ 51 މީހަކު ހިމެނޭކަމަށާއި، އެކަކު ކޮންފޯމް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މިހާތަނަށް 3982 ސާމްޕަލް ނެގިފައިވާކަމަށާއި، އޭގެތެރެއިން 254 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށެވެ.

ބަންގްލަދޭޝްގެ ތޭރަ މީހުން މިއަދު ޕޮޒިޓިވްވެފައިވާއިރު އިންޑިއާ ދެ މީހަކު ވެސް މިއަދު ޕޮޮޒިޓިވްވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: