ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހުރިހައި ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރުމަށް އަންގައިފި

މާލޭ ހުކުރު މިސްކިތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހައި ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، މި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހައި ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރުމަށް އަންގާކަމަށެވެ.

މި ނިންމުން ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންގެ ލަފާފުޅުގެ މަތިންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ގޮތުން މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން، މި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހައި ރަށެއްގެ މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދުގެ އިތުރުން، ހުކުރުނަމާދާއި، ތަރާވީޙް ނަމާދުގެ ޖަމާޢަތް ނުހެދުމަށް އެ މިނިސްޓްރީން އަންގާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީންބުނީ، މިސްކިތްތައް ބަންދުކޮށް ނަމާދުތަކުގެ ޖަމާޢަތް ނުހެދުމަށް އަންގާފައިވީ ނަމަވެސް، މިސްކިތްތަކުގައި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ”ޞައްލޫ ފީ ބުޔޫތިކުމް“ މި ފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް ދަންނަވާކަމަށެވެ.

އަދި ދިވެހިބަހުން ވެސް ”ހުރިހައި ބޭފުޅުން ވެސް ގޭގައި ނަމާދުކުރައްވާ“ މި ފަދައިން ދެ ފަހަރު ގޮވުމަށް ވެެސްް އިމާމުންނަށް އަންގާކަމަށްް ވެެސް އެެ މިިނިިސްްޓްްރީީންް ބުުނެެއެެވެެ.

މީގެ އިތުރުން، އެ މި ނިސްޓްރީން ބުނީ، ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމަށް އެންމެހައި ރައްޔިތުންނަށް ވަސިއްޔަތްކުރާކަމަށެވެ.

އަދި މީގެއިތުރުން، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާންކިޔަވައި، ގިނަގިނައިން ދުޢާކޮށް އިސްތިޣްފާރުކުރުމަށް ވެސް ނަސޭހަތްތެރިވެ ވަސިއްޔަތްކުރާކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން މި ފިޔަވަޅުއަޅަން މިއަދު ނިންމާފައިވާއިރު، ހޮނިހިރު ދުވަހުގައި އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވަނީ، އައްޑޫ ސިޓީއާއި ފުވަމުލަކު ސިޓީގެ މިސްކިތްތަކުގައި 23 އޭޕްރީލްގެ ނިޔަލަށް ޖަމާޢަތުގައި ނަމާދުނުކުރަން އަންގާފައެވެ. ނަމަވެސް މިއަދުގެ އެންގެވުމާއެކު ހޮނިހިރު ދުވަހު ނިންމި ނިންމުން ބާޠިލްވެ އެހެން ރަށްރަށެކޭ ވެސް އެއްފަދައިން މި މަހުގެ ނިޔަލަށް އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގައި ވެސް މި އެންގުން ތަންފީޒުކުރަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: