ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ދިވެއްސަކު ކޮވިޑްއަށް ޕޮޒިޓިވްވެ ޖުމްލަ ކޭސްތަކުގެ އަދަދު 52 އަށް އަރައިފި

ކޮރޯޏާ ވައިރަސް ރާއްޖޭގައި ވެސް ދަނީ ހަލުވިކަމާއިއެކު ފެތުރެމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 52 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. 

https://twitter.com/HPA_MV/status/1251870985135050755

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް އަށް ރާއްޖެއިން ޕޮޒިޓިވްވި 52 ވަނަ މީހާއަކީ ހއ އުލިގަމަށް ނިސްބަތްވާ މީހެކެވެ. އެގޮތުން  އެޗްޕީއޭ އިން ބުނީ އެމީހާ އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މީގެކުރިން ޕޮޒިޓިވްވި ކޭސްތަކާ މި މީހާ އާއި ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. 

މި ބައްޔަށް ޕޮޒިޓިވްވި 52 މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 32 ބިދޭސީންނެވެ. އޭގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: