ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ފެންމަތިވި ކޮވިޑް-19 އިގެ ކޭސްތަކާއި ގުޅުންހުރި 7 ރަށެއް ލޮކްޑައުންއަށް

މާލެ ފިޔަވައި ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ފެންމަތިވި ހއ.އުލިގަން. މި ރަށް މިހާރުވަނީ ލޮކްޑައުންއަށް ގެނެސްފައި. ފޮޓޯ: ތިލަދުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން މިއަދު ފެންމަތިވި ކޮވިޑް-19 އިގެ ކޭސްތަކާއި ގުޅުންހުރި ހަތް ރަށެއް ލޮކްޑައުންކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއައިއޯސީގެޗތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، މިއަދު މާލެއިން ފެންމަތިވި ކޭސްތަކާއެކު ހަތް ރަށެއް ލޮކްޑައުންކޮށް، މާލޭގެ ބައެއް ތަންތަން ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

މި ގޮތުން ލޮކްޑައުންކޮށްފައިވަނީ، ހއ.ތުރާކުނާއި، ހަދ.ވައިކަރަދުއާއި، ހއ.އިހަވަންދުއާއި، ހއ. އުލިގަމާއި، ހއ.ތަކަންދުއާއި، ހދ.ހިރިމަރަދޫގެ އިތުރުން ހއ.ހޯރަފުށިކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ކަރަންޓީނުކުރި ތަންތަނުގެތެރޭގައި، އަމީން ސްޓާފް ބްލޮކާއި، ގާކޮށި 6/03 އާއި، ގ. ކޯޗާކްއާއި، މއ. ކްލައިމެޓް ތިންވަނަ ފަންގިފިލާ އެޕާޓްމެންޓް 1އާއި، ގ. އާނޫރާނީ 4 ވަނަ ފަންގިފިލާގެ އެޕާޓްމެންޓް 4ބީ އާއި، ޔޯޓޭސްޓް ހިމެނެއެވެ.

މީގެ އިތުރުން، ޝީޝާ ޝޯ ރޫމް ކައިރީގައި ހުންނަ ސެލޫނަކާއި، ލަގްޒަރީ ކުރީމަތީގައި ހުންނަ ފަތަހަ ފިހާރައާއި، ނޯތު ހާބަރުގެ ކުރިމަތީގައި ހުރި ހުރިހާ ފިހާރަތަަކެެއްް ހިިމެެނެެއެެވެެ.

މާލެއިން މިއަދު 16 ކޭސްއެއް ފެންމަތިވެފައިވާއިރު، އެއީ، ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާގެ ދެ މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މިރޭ ހއ.އުލިގަމުން ޕޮޒިޓިވްވި ދިވެހި މީހާއެކު މި ޢަދަދު މިވަނީ 17 އަށް އިތުރުވެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: