ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމު އެ ސުކޫލަކަށްޓަކައި ފަޚުރުވެރިވާ ސުކޫލަށް 93 އަހަރު ފުރިއްޖެ

އިހުގެ މަޖީދިއްޔާ ސުކޫލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ މުހިންމު އެއް ސުކޫލްކަމަށްވާ މަޖީދިއްޔާ ސުކޫލަށް މިއަދު 93 އަހަރު ފުރިއްޖެއެވެ.

މަޖީދިއްޔާ ސްކޫލު ވުޖޫދުވީ މީލާދީ ސަނަތުން 20 އޭޕްރީލް 1927 ވަނައަހަރުގައެވެ. އެއީ ހިޖުރީ ގޮތުން 1345 ވަނަ އަހަރުގެ ޝައްވާލްމަހުގެ 17 ވަނަ ދުވަހެވެ.

އެ ދުވަހުގެ ހެނދުނު 07:00 ގައި ރަސްމީގޮތުން ކިޔަވައިދެއްވަން ފެއްޓެވި މަޖީދިއްޔާ ސުކޫލަކީ، ދިވެހިންގެ ތަޢުލީމުގެ ފެށުމެވެ.

މަަދަރުސަތުއް ޞަލާޙިއްޔާގެ ނަމުގައި އުފަންވި ސުކޫލުގެ ނާޒިރަކަށް އެންމެ ފުރަތަމަ ހުންނެވީ، ދިވެހި އަދަބަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި، ލޮބުވެތި އަދީބު ފަޟީލަތުއްޝައިޚުލް މަރުޙޫމް ޙުސެއިން ޞަލާޙުއްދީނެވެ.

އެންމެ ފުރަތަމަ މަދަރުސަތުއް ޞަލާޙިއްޔާއިން ނަންދެވުނު ސުކޫލަށް، ފަހުން ދެވިފައިވާނަމަކީ، މަދަރުސަތުއް ސަނިއްޔާއެވެ. އަނެއްކާވެސް ޒަމާންތަކަކަށްފަހު މަޖީދިއްޔާ ސުކޫލުގެ ނަމުން ނަންދެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: