ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތު ދޭން ދެކޮޅު ހެދި މީހާ، އެންމެފަހުން ބައްދަލުވީ މީހުންގެ ތަފްސީލު ދޭން ފަށައިފި

މާލޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް، އެންމެގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކޮމިއުނިޓީ ސްޕްރެޑްއަކަށް މިހާރު ބަދަލުވެފައިވާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވެ ކޮންޓެކްޓު ޓްރޭސް ހެދުމަށް މައުލޫމާތު ދޭން ދެކޮޅު ހަދަމުންދިޔަ މީހާ މައުލޫމާތު ދޭން ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވައިރަސްގެ އަސަރު ހުރި މީހަކު މައުލޫމާތު ދޭން ދެކޮޅު ހަދަމުންދާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައެވެ. އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. ނަމަވެސް، ބައްޔަށް ޕޮޒިޓިވް ވެފައި ހުރި އެކަކު މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާކަމަށް ވިދާޅުވިއެވެ. އަދި ބޭނުންވާ ވަރަށް މައުލޫމާތު ދިނުމަށް އޭނާ ދެކޮޅު ހަދާތީ ގިނަ ގޮންޖެހުންތަކެއް ދިމާވަމުން އަންނަ ކަމަށެވެ. އޭނާ އެއްބާރުލުން ނުދިންނަމަ، މިރޭ އޮތީ ކޮންޓެކްޓު ޓްރޭސިންއަށް ނަން ހާމަ ކުރާ ގޮތަށެވެ.

ކޮންޓެކްޓު ޓްރޭސިންއަށް މައުލޫމާތު ދޭން މީހަކު ދެކޮޅު ހަދަމުންދާކަން އެޗްޕީއޭއިން ބުނެފައިވާތީ، އެކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެއްބާރުލުން ނުދީފިނަމަ ދައުވާ ކުރާނެ ކަމަށެވެ. އަދި އެކަމަށް ހުކުމެއް އަންނާނެ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި އެ ކޭސްއާއި ގުޅޭ ތަފްސީލު ދެއްވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެއްބާރުލުން ދޭން ފަށާފައިވާ ކަމަށެވެ. އަދި ދެމުންދާ މައުލޫމާތުތަކަށް ބަލާ، ބައްދަލުވީ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް، އެޗްޕީއޭއަށް އެއްބާރުލުން ނުދޭ މީހެއް ހުރިނަމަ އެ މީހަކާއި މެދު ފިޔަވަޅު އަލާނެކަމުގެ އިންޒާރު މަބްރޫކް ވަނީ ދެއްވާފައެވެ. އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ނުރައްކާތެރި ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވައި އެއަށް އަމަލު ކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެޗްޕީއޭއިން އެކުލަވާލާފައިވާ ”އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު“ ގެ ދަށުން ކަނޑައާޅާފައިވާ ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިއުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަ ކުރެވޭނީ އެކަން ނުކޮށް އާއްމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ އޮތް ނަމަ އެވެ.

އެ ގަވައިދުގެ (ށ) ގައި ވާގޮތުން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް މީހެއްގެ ނަން ހާމަކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ޑީޖީއަށް ފެނިއްޖެނަމަ އެކަން ކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން، ބައްޔެއް ޖެހިފައިވާ މީހާގެ ނަން ހާމަ ކުރުމުގެ ކުރިން ބައެއް ކަންކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ރިއާޔަތް ކުރަން ޖެހެ އެވެ.

އެގޮތުން، ނަން ހާމަ ކޮށްގެން ބަލި ކޮންޓްރޯލް ކުރުމުގެ ފފުރުސަތު އޮތް މިންވަރަށް ބެލުމާއި، ހާމަ ކުރުމުން ނިކުންނާނެ ނަތީޖާ އާއި ނަން ހާމަ ކުރުމުން މުޖުތަމައު އަށާއި އޭނާއާ ގުޅުުންހުރި މީހުންނަށް ކުރާނެ ނޭދެވޭ އަސަރު އަދި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އޮތް ފުރުސަތަށް ބަލަން ޖެހޭ ކަމަށް އުސޫލުގައި ވެ އެވެ. މީގެ އިތުރުން، ނަން ހާމަ ކުރާ ފަރާތުގެ އެއްބާރުލުން ދޭ މިންވަރަށްވެސް ބެލުމަށް އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: