ހއ.އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި 131 މީހަކު ހޯދިފައިވާކަމަށް ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، މިއަދު އުލިގަމުން ޕޮޒިޓިވްވި ކޭސް 52 ގެ ނަތީޖާ ލިބުމާއި ހަމައަށް، އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 131 މީހަކުމިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
މިއަދު އުލިގަމުން ޕޮޒިޓިވްވެފައިވަނީ، މީގެތެރެއިން މާލެއަށް އައިސް އުޅެފައި ކަނޑުމަގުން މި މަހުގެ 15 ވަނަ ދުވަހު އެ ރަށަށްދިޔަ މީހެކެވެ. މި ގޮތުން އޭނާ ޕޮޒިޓިވްވުމާއި ގުޅިގެން، އޭނާ ދަތުރުކުރި ބޯޓުން ދަތުރުކޮށްފައިވާ އެހެންމީހުން ފައިބާހެދި ރަށްތައް ހޯދައި، އެރަށްތައް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މި ގޮތުން ހއ.ތުރާކުނާއި، ހަދ.ވައިކަރަދުއާއި، ހއ.އިހަވަންދުއާއި، ހއ. އުލިގަމާއި، ހއ.ތަކަންދުއާއި، ހދ.ހިރިމަރަދޫގެ އިތުރުން ހއ.ހޯރަފުށި މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އުލިގަމުން ޕޮޒިޓިވްވި ކޭސް52 ގެ އިތުރުން، މިއަދު ޕޮޒިޓިވްވެފައިވާ އެހެނިހެން ކޭސްތަކުގެ ކޮންޓެކްޓުންގެ ޢަދަދުތައް ވެސް މިރޭގެ ބައްދަުވުމުގައި ވަނީ ހާމަކޮށްފައެވެ.
މިހާާތަަނަަށްް ކޭސް 35 އާއިގުޅޭ 45 ކޮންޓެކްޓާއި، ކޭސް 36 އާއިގުޅޭ ހަތަރު ކޮންޓެކްޓުން ވަނީ ހޯދިފައެވެ. ނަމަވެސް މި ކޭސްއާއިގުޅޭ އިތުރު ދުއިސައްތައެއްހައި މީހުން ބަލައި ތަފްސީލު ހޯދަންޖެހެއެވެ. މީގެ އިތުރުން، ކޭސް37 އިން ކޭސް 49 ގައި ހިމެނޭ 13 ކޭސްއާއިގުޅޭ 50 ކޮންޓެކްޓުންވަނީ ހޯދިފައެވެ. ހަމައެހެންމެ ކޭސް 50 އާއި، ކޭސް 51 އާއިގުޅޭ 50 ކޮންޓެކްޓުން ހޯދިފައިވެއެވެ.
ހއ.އުލިގަމުން މިއަދު ކޭސް 52 ފެންމަތިވެފައިވާއިރު، ހަމައެކަނި މިއަދު ވައިރަހަށް ޕޮޒިޓިވްވި މީހުންގެތެރޭގައި، ބަންގްލަދޭޝްގެ 14 މީހުންނާއި، އަވަށްޓެރި އިންޑިއާގެ ދެ މީހަކު ވެސް ހިމެނެއެވެ.

