ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާސްތައް އޮތަސް، އޭގެ ބޭނުން ނަހަމަގޮތުގައި ހިފާނަމަ ޖުރިމަނާ ކުރުމަށްފަހު ކާޑު އަތުލާނެ!

ލޮކްޑައުންގައި މަގުތަކަށް ނިކުމެ އުޅޭ މީހުންނާއި މެދު ފިޔަވަޅު އެޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއާއި ގުޅިގެން މާލޭގެ މަގުތައް މަތީ އުޅުމުގެ ހުއްދަ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ދޫކޮށްފައިވާ މީހުން އަމިއްލަ އެހެންކަންކަމުގައި ފާސް ބޭނުންކޮށްފައިވާތީ އެ ފާސްތައް ބާތިލްކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ މަގުތައް މަތީ އުޅުމުގެ ހުއްދަދީފައިވަނީ ވަކި ބަޔަކަށެވެ. އޭގެ ތެރޭގައި ޔުނިފޯމު އެޅި މުވައްޒަފުންނާއި، ފިހާރަތައް އަދި ރެސްޓޯރެންޓުތައް ހިމެނެއެވެ. އަދި ނޫސްވެރިން ހިމެނެއެވެ.

ކާޑުތައް ބައެއް މީހުން ނަހަމަގޮތުގައި ބޭނުން ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަަންނާން ޔޫސުފް ވިދާޅުވީ
ފާސްތައް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ކަންކަމުގައި ބޭނުން ހިފާނަމަ އެ ފާސްތައް ބާތިލް ކުރާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ބައެއް މީހުންގެ ފަރާތުން ފެންނަ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މަންނާން ވިދާޅުވީ، ފާސްތައް ދޫކުރަނީ މުހިންމު ސަބަބުތަކަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް، އަމިއްލަ ބޭނުމެއްގައި މި ގޮތަށް ލިބޭ ފާސްތައް ބޭނުން ނުކުރުމަށް މަންނާން އިލްތިމާސް ކުރެއްވިއެވެ.

މަންނާން ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުއްދަ ނެތް މީހުން އުޅުން މިހާރު ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މީހެއް މަގުމަތީން ފެނިއްޖެ ނަމަ، އެއްވެސް ނަސޭހަތެއް ދިނުމެއް ނެތި ޖޫރިމަނާ ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހުއްދަ އޮވެފައި، އެހެން ބޭނުމެއްގައި ބޭރުގެ ތެރޭ އުޅޭ މީހަކާއި މެދު ވެސް އަމަލު ކުރާނެ އުސޫލުން މަންނާން ވަނީ ފާހަގަކުރައްވާފައެވެ. މަންނާން ވިދާޅުވީ، އެފަދަ މީހުންގެ އަތުން ފާސްތައް ވެސް އަތުލާނެ ކަމަށެވެ.

ހުއްދަ ދިނުމުގެ އުސޫލާއި ގުޅޭގޮތުން މަންނާން ވިދާޅުވީ، ދެން ހުއްދަތައް ދޫކުރާނީ ކާބޯތަކެތީގެ ވިޔަފާރި ހިދުމަތާއި އަދި ޑެލިވަރީ ކުރުމުގެ ހިދުމަތް ދޭ މީހުންނަށް ކަމަށެވެ. އަދި އެ ނޫން ބޭނުމަށް ދެން ހުއްދަތަކެއް ދޫ ނުކުރާނެކަމަށް ވިދާޅުވިއެވެ.

މިހާތަނަށް 39 މީހަކު ވަނީ މަގުމަތީ އުޅެގެން ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާއަށް ފުރަތަމަ ނަގަނީ 1000 ރުފިޔާ އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ކާބޯތަކެތީގެ ކަންކަމަށް ހުއްދަތައް ދޫކުރާއިރު، އެ ހުއްދައިގެ ދަށުން އޭނާ މަގުމަތީ އުޅެންޖެހޭނީ ހިނގާފައެވެ. އެއްވެސް އުޅަނދެއް ބޭނުމެއް ނުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: