ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޭޝަންޓުންގެ ޒާތީ މައުލޫމާތުތައް އާއްމު ކުރާނަމަ، ފުލުހަށް ހުށަހަޅާނަން: ޑރ. ނަޒްލާ

މާލޭގައި ކޮރޯނާ ވައިރަސް ފެތުރުން، ޕޭޝަންޓުގެ ޒާތީ މައުލޫމާތު ހިއްސާކުރާތީ އެކަމުގެ ކަންބޮޑުވުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ޒާތީ މައުލޫމާތުތައް ހިމަނާ، އެ މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރާނަމަ، އެފަދަ މީހުންގެ މައްސަލަތައް ފުލުހަށް ހުށަހަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މާލޭގައި މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 31 އަށް އަރާފައެވެ. އަދި ހއ. އުލިގަމުގައި އިން ދިވެއްސެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބަލީގެ އަސަރު ފެނުނު މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިޔަށްދާއިރު، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބަލި ޖެހުނު މީހުންގެ ފޮޓޯތައް އާއްމުކޮށްފައެވެ. އަދި އެ މީހުންނާއި ގުޅޭގޮތުން އަންނަނީ ތަފާތު އެކި ވާހަކަތައް ވެސް ފަތުރަމުންނެވެ.

ސޯޝްލް މީޑިއާގައި ހިންގާ މިފަދަ އަމަލުތައް ކުއްވެރި ކުރައްވާ، އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޭޝަންޓުންގެ މައުލޫމާތުތައް ހާމަކުރުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް މީހުންގެ ފޮޓޯތައް އާއްމުކުރާއިރު އެއީ މިކަމާއި ގުޅުން ހުންނަ މީހުން ނޫންކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. ނަޒްލާ ވިދާޅުވީ، އެކަންތައް ސޯޝަލް މީޑިއާގައި ނުހުއްޓޭނަމަ ފުލުހަށް ދާނެ ކަމަށެވެ.

ޕޭޝަންޓެއްގެ ފޮޓޯއެއް އެއްވެސް ގޮތަކުން އާއްމު ނުކުރެވޭނެކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ އެޗްޕީއޭއަށް ވެސް އެކަން ކުރެވޭނީ އާއްމު ސިއްހަތާއި ބެހޭ ގާނޫނުގެ ދަށުން ހާއްސަ ގަވައިދެއް ހަދައިގެން ކަމަށެވެ. އަދި އެ ގަވައިދުގައި ވާ ގޮތުން މައުލޫމާތު ހާމަ ކުރެވޭނީ ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް އެކަންޏެވެ. އެއީ އެކަށިގެންވާ ހެކި ހުރެ އެކަން ކުރުން ކޮންމެހެން މުހިންމުކަމަށް ފެނިއްޖެ ހާލަތެއްގައެވެ.

”މާދަމާ ތިޔަ ބޭފުޅާ ބޭނުންވާނެތޯ މިއީއޭ ޕޮޒިޓިވްވި މީހާއަކީ ކިޔާފައި ތިމާގެ ފޮޓޯ އެ ގޮތަށް ޝެއާ ކުރަން، އެހެންވީމަ ކީއްވެގެންތޯ އެހެން މީހުންނަށް އެގޮތަށް ހަދަންވީ؟“ ނަޒްލާ

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިްވީއޭ ކިޔާފައި ފޭސްބުކުގައި އެއްވެސް މީހަކު އެމީހެއްގެ ފޮޓޯ ނުވަތަ އެމީހެއްގެ ފޮޓޯ އާންމުކުރަން ބޭނުންނުވާނެ ކަމަށެވެ. އެހެން ކަމުން އެހެން މީހުންގެ އިހުސާސްތަކަށް އިސްކަން ދެއްވުމަށް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: