ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭނެ 6 ވެންޓިލޭޓަރު ގެނެސްފި

ވެންޓިލޭޓަރުގެ އެހީގައި މީހަކަށް ފަރުވާދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ 6 ވެންޓިލޭޓަރެއް ލިބިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އާދިއްތަ ދުވަހު އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒުވަނީ އެ ކަން ޔަޤީންކޮށްދެއްވާފައެވެ.

މަބްރޫކް ޢަޒީޒު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު 97 ވެންޓިލޭޓަރު އެބަހުރިކަމަށާއި، އޭގެތެރެއިން އެ ވަގުތަކު ލިބެންހުރި ވެންޓިލޭޓަރެއް، ބަލި މީހުންނަށް ފަރުވާދޭން ބޭނުންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުތައް ގެންނަން ހާވާލުކޮށްފައިވާ މެޑްޓެކްއާއި ނާޑްގެ ބައެއް ވެންޓިލޭޓަރުތައް ދެތިންހަތަރު ދުވަހެއްގައި ލިބޭނެކަމަށެވެ.

މި ގޮތުން، މެޑްޓެކް އިން ގެންނަ 18 ވެންޓިލޭޓަރު މި ހަފުތާގެ ބުދަދުވަހާއި ހިސާބުގައި، އަދި ނާޑުން ެންނަ 20 ވެންޓިލޭޓަރު، އަންނަ ހަފްތާގެ އަންގާރަދުވަހު ލިބޭނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އިގެ ބަލިމީހުންނަށް ފަރުވާދޭނެ ވެންޓިލޭޓަރުތައް ހޯދުމަށް ރާއްޖެއިން ދެން މަސައްކަތްކުރަނީ ޑަބްލިޔުއެޗްއޯ މެދުވެރިކޮށެވެ.

މި ގޮތުން، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ބޭރުގެ އެހެން ކުންފުންޏަކުން ގެންނަން ނިންމާފައިވަނޫ، އައިސީޔޫގައި ބަހައްޓާ 65 ވެންޓިލޭޓަރާއި، ދަތުރުމަތީގައި ބޭނުންކުރެވޭ ފަދަ 10 ވެންޓިލޭޓަރެވެ. މި 75 ވެންޓިލޭޓަރަށް 34 މިލިއަން ރުފިޔާ ހޭދަވާއިރު، ސަރުކާރުން ވަނީ، އެޑްވާންސްގެ ގޮތުގައި %75 ދައްކާފައެވެ.

މީގެ އޮތުރުން ސަރުކާރުންދަނީ 56 މިލިއަން ރުފިޔާ ހޭދަކޮށްގެން 151 ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިއަދު ރާއްޖެ ގެނެސްފައިވަނީ ޓްރާންސްޕޯޓަބްލް 6 ވެންޓިލޭޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: