ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން އެކްރެޑިޓްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: މީޑިއާ ކައުންސިލް

ފޮޓޯ: ރާއްޖެއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިން އެކްރެެޑިޓްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިން އެކްރެޑިޓް ކުރާނެކަމަށް ބުނެފައިމިވަނީ، އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައިވެރިވި ނޫސްވެރިއަކު މުޢާމަލާތްކުރުމުގައި ގެންގުޅުނު ހަޑިހުތުރު ބަހުރުވައިގެ ސަބަބުން، ނޫސްވެރިންނަށް ޢާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުންީ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލެއް ޤާއިމުކުރުމަށް ގޮވާލާފައި ވެެސްް ވަނިކޮށެވެ.

މި ގޮތުން އެ ކައުންސިލުން އާދިއްތަ ދުވަހުގެ ރޭ ކުރި ޓްވީޓެއްގައި ބުނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްއޮންލައިންގެ ފަރާތުން ސުވާލުކުރެއްވި ނޫސްވެރިޔާގެ ކިބައިން ފެނިގެންދިޔަ ޢަމަލަކީ، ޒިންމާދާރު ޢަމަލެއްކަމުގައި ނުދެކޭ ކަމަށެވެ. މި ގޮތުން، ޒިންމާދާރު ނޫސްވެރިންގެ ޙައްޤުގައި ކުރިއަށް އޮތްތަނުގައި، އެ ކައުންސިލުގެ ރޫޙު ހުރީ ނޫސްވެރިން އެކްރެެޑިޓްކުރާނެ އުސޫލެއް ޤާއިމުކޮށް، އެ އުސޫލަށް ވީހާވެސް އަވަހަށް ޢަމަލުކުރުންކަމަށް އެ ކައުންސިލުން ބުނެފަިވެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ، ރަސް އޮންލައިންގެ ފަރާތުން، އެ މޭރުމުން ސުވާލުކުރެއްވި ނޫސްވެރިޔާއާއި، އެ ނޫހުގެ އެޑިޓަރު، އެ ކަމަށް މަޢާފަށް އެދުމަށް ވެސް އަންގާނެކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ނޫސްވެރިޔާ ވަނީ، ރާއްޖޭގައި ތިބި ”ބަންގާޅީން“ މެދުގައި ކޮވިޑް-19 ފެތުރިއްޖެނަމަ، އެ ކަން ކޮންޓްރޯލް ކުރަން އުނދަގޫވާނެކަމަށާއި، އެ މީހުން ބަންގްލަދޭޝްއަށް ފޮނުވައިލުމުގެ އިންތިޒާމުތައް އޮތީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ.

އެހެންނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރެއްވުމަށް އިންނެވި ޑރ.ނަޒްލާ ރަފީޤުވަނީ، އެ ނޫސްވެރިޔާ ހުއްޓުވައި، އެފަދައިން މުޚާތަބުނުކުރުމަށް އެދިވަޑައިގެންފައެވެ.

 

”އެކްސްކިއުޒް މީ އިނގޭތޯ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލުކުރާއިރުގައި ވެސް ހުރިހައި އެންމެންނަކީ ވެސް އިންސާނުން، އެހެންވީމަ އެ މީހުންނަށް ދޭންޖެހޭ ރެސްޕެކްޓް އާއި އެއްކޮށްހެން އަޅުގަނޑުމެން އެންމެންގެ ވެސް ބަހުރުވަ ހުންނަން ވާނީ،“ ޑރ. ނަޒްލާ

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިހާރުވެސް ހޯމް މިނިސްޓްރީގައި 202 މީޑިއާ ރަޖިސްޓްރީކޮށްފައިވާކަމަށާއި، އޭގެތެރެއިން ގިނަ މީޑިއޤތައް ފެންނަނީ، މީޑިއާ ކައުންސިލް އިންތިޚާބު ބޯމަތިވުމުން ނޫނީ، މިފަދަ ޕްރެސްއަކުން ޒިންމާދާރުކަމާއެކު ނޫސްވެރިކަމެއްނުކުރާާކަމަށެވެ.

މީގެ އިތުރުން މަބްރޫކްވަނީ، ޕްރެސްއަށް ނޫސްވެރިން ވައްދަން އެކްރެޑިޓޭޝަން އުސޫލެއް އޮންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: