މާލެ އިން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެ އިން ބަލި ޖެހުނު އަދަދު 60 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހަ ދިވެއްސެއްގެ އިތުރުން ދެ ބިދޭސީއެއް ކަމަށެވެ. މި ދެ ބިދޭސިންނަކީވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެ އިން މި ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 26 އަށް އަރައިފައެވެ. އަދި ބިދޭސީންގެ އަދަދު ވަނީ 34 އަށް އަރައިފައެވެ.

