ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުވެސް ހަނދު ސާބިތު ކުރުން އޮންނާނެ: ޑީޖޭއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ވެސް ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކުގެ ހެކިބަސް ސާބިތުކުރުން އޮންނާނެކަމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދުކުރި އިޢުލާނެއްގައި ބުނީ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކުގެ ހެކިބަސް ސާބިތުކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާނެކަމަށެވެ.

މި ގޮތުން މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ބަލާނީ، އޭޕްރީލް 22 ( 29 ޝައުބާން ) ވާ ބުދަ ދުވަހުކަމަށާއި، ހަނދު ސާބިތުކުރުމުގެ އިންތިޒާމު މެޖިސްޓްރޭޓް ކޯޓުތަކުގައްޔާއި، އެ ޑިޕާރޓްމަންޓުގައި ހަމަޖެހިފައިވާނެކަމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

މި ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، މި ދުވަސްވަރަކީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށް އޮފީސްތައް ނުހުޅުވާ ދުވަސްވަރަކަށްވާތީ، ހަނދު ފެނިއްޖެނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން އަންގާގޮތަށް ހެކިބަސް ދިނުމަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، މާލޭގައިނަމަ އެ ޑިޕާރޓްމަންޓްގެ ނަންބަރު 7704777 މެދުވެރިކޮށް ހެކިބަސްދިނުމަށެވެ.

މީގެ އިތުރުން، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ހަނދުފެނިގެން އެ ކަމުގެ މަޢުލޫމާތުދޭއިރު، ހަނދު ފެނުނު ވަގުތާއި، ހަނދު ހުރި އުސްމިނާއި، ހަނދު ދަތުރުކުރާ މިސްރާބު ފަދަ މުހިންމު މަޢުލޫމާތު ދޭންޖެހެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ، ހަނދު ފެނުނުކަމުގެ ހެކިބަސްދޭން ޖެހިއްޖެނަމަ، ބުދަ ދުވަހުގެ ހަވީރު 18:00 އިން، އިރުއޮއްސި 19:00 އަށް، ކޯޓުތައް ހުޅުވޭނެ އިންތިޒާމު ޤާއިމުކޮށް، އެ ކަމަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެދިފައެވެ.

މީގެއިތުރުން، މެޖިސްޓްރޭޓް ކޯޓު ޤާއިމުވެފައި ނެތް ރަށެއްނަމަ، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ހެކިބަސްނެގޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ހެކިބަސް ދީފިނަމަ، އެ ދުވަހުގެ އިރުއޮއްސި 19:45 ގެ ކުރިން އެންގުމަށް ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: