ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މާލެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 47 އަށް އަރައިފި

ކޮރޯނާ ވައިރަސް މާލޭގައި ދަނީ ހަލުވި ކަމާއިއެކު ފެތުރެމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް މާލެއިން އިތުރު ހަތް މީހަކު ޕޮޒިޓިވްވެ މާލެއިން ވައިރަހަށް ޕޮޒިޓިވްވި މީޙުންގެ ޖުމްލަ އަދަދު 47 އަށް އަރައިފިއެވެ. 

ނެޝަނަލް އެމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އެންމެ ފަހު ބައްޔަށް ޕޮޒިޓިވްވި މީޙުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ތިން ދިވެހިންނެވެ. 

ކޮރޯނާ ވައިރަހުގެ ގިނަ ކޭސްތަކެއް މާލެއިން ފެންނަމުންދާއިރު މިހާތަނަށް ކޮރޯނާ ވައިރަހަށް މުޅި ރާއްޖެއިން 67 މީހަކު ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ. 

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މާލެ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް މުޅި ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި، މާލެއިން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން ވެސް ވަނީ އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: