ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުންނާއި ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ދިއުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން: އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފެއް. ބެންކޮކަށް "ކެއަރ ޕެކޭޖް" ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަނީ- ފޮޓޯ: އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްޒަފުންނާއި ގުޅުވައިގެން ޙަޤީޤަތެއްނެތް ދޮގު މަޢުލޫމާތު ފަތުރަމުންދާ ދިއުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކޮމާންޑްގެ މުވައްޒަފުންނާއި ގުޅުވައި އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައިނުވާ ޙަޤީޤަތެއްނެތް ދޮގު މަޢުލޫމާތު ފަތުރަމުންދާ ދިއުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މި ފަދައިން ބުނެފައިމިވަނީ، އެ ކޮމާންޑުގެ މުވައްޒަފުންނާއި ގުޅުވައި ޙަޤީޤަތާއި ޚިލާފު އެތައް ވާހަކައެއް، ޓްވިޓަރ، ފޭސްބުކް ފަދަ މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. މި ގޮތުން، އެ ކޮމާންޑްގެ މުވައްޒަފެއް ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުންނުދޭކަމަށާއި، އެއްބާރުލުން ނުދެނީ ކޮށްފައިހުރި ކަންތައްތައް ފަޅާއަރާފާނެތީ ކަމަށް ބެނެ އެތައް ހަބަރުތަކެއް ވަނީ ފަތުރާފައެވެ. 

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ،  ރާއްޖެއިން ކޮވިޑް-19 ފުރަތަމަފެނިފައިވަނީ ފަތުރުވެރިއެއްގެ ކިބައިންކަމަށް ވީހިނދު، މި ބަލި ފެންނަވަގުތުތަކުގައި، އެ ކޮމާންޑްގެ މުވައްޒަފުންގެތެރެއިން އައިސޮލޭޓްކުރުމާއި، ކަރަންޓީނުކުރަންޖެހޭފަދަ މުވައްޒަފުން ތިބިނަމަ، އެކަން ކުރިއަށްގެންދަނީ، ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކާއެކު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައިކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ، އެ ކޮމާންޑުގެ މުވައްޒަފުންނަކީ، ރާއްޖޭގެ ވައިގެބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަނދަރުތަކުން ފުރާ ފަސިންޖަރުންނާއި ލަގެޖް ޗެކްކުރުމަށް 24 ގަޑިއިރުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންކަމަށެވެ.

މީގެ އިތުރުން އެ ކޮމާންޑުން ބުނީ، ކޮވިޑް-19 އިގެ މި ނުރައްކާތެރި ދަނޑިވަޅުގައި، އަމިއްލަ ޢާއިލާދޫކޮށް އައިސް މަސައްކަތުގެ އެންމެ ކުރީ ސަފުގައި އެ މުވައްޒަފުން މަސައްކަތްކުރަނީ، މި ބަލީގެ ނުރައްކާތެރިކަން ވެސް އެނގިގެންތިބެ ކަމަށެވެ.

ހަމައެހެންމެ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް، ރާއްޖޭގެ މައިދޮރާށިން ވަދެނިކުމެހަދާ މީހުންގެ ސަލާމަތަށްޓަކައި މުވައްޒަފުން ތިބުމަކީ ފަޚުރުވެރިވާންޖެހޭކަމެއް ކަމެއްކަމަށް ވެސް އެ ކޮމާންޑުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: