ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްއާއި ނޭޕާލުގައި ތިބި ދިވެހިން ރާާއްްޖެެ ގެނެސްފި

ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްއާއި ނޭޕާލުގައި ތިބި ދިވެހިން ރާއްޖެ ގެނެސްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ،
ބަންގްލަދޭޝްއާއި ނޭޕާލުގައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފައިވާކަމަށެވެ.

މި ގޮތުން، ބަންގްލަދޭޝްގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިން ގެނެސްފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވުމަށްޓަކައި، ބަންގްލަދޭޝްގެ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް އައިސްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު ގެނައި ދިވެހިންގެތެރެއިން ގިނަ މީހުންނަކީ، އެ ދެ ޤައުމުގައި ޑޮކްޓަރީ ޢިލްމު ހާސިލުކުރަމުން އަންނަ ދަރިވަރުންނާއި، އެކިއެކި ދާއިރާތަކުން ސްޕެޝަލައިޒްވަމުން އަންނަ ޑޮކްޓަރުންނާއި އިންޓާންސް އިންނެވެ.

މި ދެ ޤައުމުގައި ތިބި ދަރިވަރުންނަށް މީގެ ކުރިން ރާއްޖެ ނާދެވުނީ، ކޮވިޑް-19 އާއި ގުޅިގެން، އެ ދެ ޤައުމު ލޮކްޑައުންކުރުމާއި ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީންވަނީ، މިއަދު އައި ބޯޓުން ބަންގްލަދޭޝްގެ 70 ރައްޔިތުން އެ ޤައުމަށް ފޮނުވުމަށް ވެސް ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި، ބަންގްލަދޭޝްއިންވަނީ، 100 ޓަނުގެ ހިލޭ އެހީ ވެެސްް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައެވެ. މި އެހީގެތެރޭގައި ހިމެނެނީ، ކާޑުގެ ބާވަތްތަކާއި، ތަރުކާރީއާއި، މޭވާގެ އިތުރުން ބޭހުގެ ބާވަތްތަކެވެ. މި ތަކެތި ހިފައިގެން، އެ ޤައުމުގެ މަނަވަރެއް މާދަމާ ރާއްޖެއަށް ބަނދަރުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: