ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން އިތުރު ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެ، ޖުމްލަ އަދަދު ސާޅީސް ނުވައަކަށް!

މާލޭގައި ކޮރޯނާ ވައިރަސް ފެތުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި އިތުރު ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދިވެއްސަކާއި، ބިދޭސީއެކެވެ. އެޗްޕީއޭއިން ޕޭޝަންޓް 68 އަކާއި ޕޭޝަންޓް 69 މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާއިރު މި ދެ މީހުންނާއެކު މާލޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 49 އަކަށް އެރީ އެވެ.

މި ދެކޭސްއާއެކު މިއަދު އެކަނި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ. އިއްޔެވެސް 17 މީހަކު ވައިރަހަށް ޕޮޒިޓިވްވިއެވެ. މާލެއިން ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު ވަނީ 49 އަކަށް އަރާފައެވެ.

ބައްޔަށް މާލެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، 18 ބަންގްލަދޭޝް އަދި އިންޑިއާއަށް ނިސްބަތްވާ 6 މީހެކެވެ.

 

https://twitter.com/HPA_MV/status/1252322940911341574

އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން އެންމެ ފުރަތަމަ ބަލީގެ އަސަރު ފެނިފައި ވަނީ ބުދަ ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދި އޭގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވް ވީއިރު ޓްރޭސް ކުރެވުނު މީހުންގެ އާއިލާއަށް ނިސްބަތް ވާ އިތުރު ބަޔަކު ވެސް ޕޮޒިޓިވް ވިއެވެ. އެ މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ.

އެންއައިއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަަޒީޒް ވިދާޅުވީ މިހާތަނަށް ފެނުނު ކޭސްތަކުގައި އާ ދެ ކްލަސްޓާއެއް ހިމެނޭ ކަމަށެވެ. އެއީ، ބައްޔަށް ޕޮޒިޓިވް ވީ މީހުންނާއި އެއްވެސް ގޮތަކުން ގުޅުމެއް ނެތް މީހުންނެވެ. ނުވަތަ ކޮންޓެކްޓު ވެފައި ނެތް މީހުންނެވެ. އެހެން ކަމުން، ބަލި ފެތުރެން މެދުރިވީ ކިހިނެއްކަން ނުވަތަ ޕޭޝަންޓް އެކްސް އަކީ ކޮބައިކަން އަދި ހޯދިފައި ނުވެއެވެ.

މާލެއިން ބައްޔަށް ޕޮޒިޓިވް ވީ އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ. އެހެން ނަމަވެސް، ބަލި ޖެހުނު މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި މާބަނޑު މީހެއް އަދ ި60 އަހަރުން މަތީގެ މީހެއް ހިމެނެއެވެ. އަދި އެ މީހުންގެ ހާލަތު ދަނީ ގާތުން މޮނީޓާރ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: