ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ތިބި ދިވެހިންނަށް އެހީ ފޯރުކޮށްދިނުން: އާސަންދައިން 1.9 މިލިޔަން ރުފިޔާ އަދި ޒަކާތު ފަންޑުން 2.5 މިލިޔަން ރުފިޔާ ހޭދަކޮށްފި

މަބްރޫކް އަޒީޒް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެއިން ބޭރުގައި އެހީތެރިކަމަށް ބޭނުންވާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އާސަންދައާއި ޒަޖާތު ފަންޑުން ބުޑުއެހީތެރިކަމެއް ފޯރުކޮށްދީފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. 

ހާމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އާއި ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އެހީތެރިކަމަށް ބޭނުންވެފައިވާ ދިވެހިންނަށް މިހާތަނަށް އާސަންދަ މެދުވެރިކޮށް 1.9 މިލިޔަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ. އަދި ޒަކާތު ފަންޑުން ވެސް 2.5 މިލިޔަން ރުފިޔާ ހަރަދުވެފައިވާކަން މަބްރޫކް ހާމަކުރެއްވިއެވެ. 

މީގެއިތުރުން މަބްރޫކް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ދިވެހިންނަށް އެހީރެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފޮރިން މިނިސްޓްރީއާއި އެންބަސީތައް މެދުވެރިކޮށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. 

އާސަންދަ އަދި ޒަކާތު ފަންޑުން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ސަރުކާރުން ހާމަކުރި ނަމަވެސް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކޮން ގައުމުތަކެއްގައި ތިބި ދިވެހިންނަށް ކަމެއް އަދި ފޯރުކޮށްދިނީ ކޮންކަހަލަ އެހީތެރިކަމެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: