މާލޭސިޓީގައި ހުރި ފްލޫ ކްލިނިކްތަކަށްދާ އެންމެން ވެސް، ކޮވިޑް-19 އަށް ޓެސްޓުކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ފްލޫ ކްލިނިކްތަކަށްދާ އެންމެން ވެސް، ޓެސްޓްކޮށްގެން އައިޑެންޓިފައިކުރެވޭ އެންމެން ހޯދަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން، ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، އެއްތަނެއްގައި މަސައްކަތްކުރާ ބަޔަކު ތިބޭއިރު، އެ ވައިރަހަށް ޕޮޒިޓިވްވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
މި ގޮތުން، މާލޭސިޓީން އިިއްްޔެެ ފެނުނު ކޭސްތަކުގެތެރެއިން، ކޭސް 58 އަކީ ވެެސްް ފްލޫޫ ކްލިނިކަށް ދައްކަން ގޮސްފައިވާ މީހެކެވެ.

