ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މާލެއިން އަނެއްކާވެސް އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް މާލެ އިން އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކު ކަމަށެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 62 އަށް އަރާފައެވެ. އަދި މުޅި ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 82 އަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން ފެންނަމުންދަނީ މާލެ ސަރަހައްދުންނެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެން ފަހުން ކޮންމެ ދުވަހުކު ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް 33 ދިވެހީންނާއި، 27 ބަންގްލަދޭޝް ރައްޔިތުންނާއި އިންޑިއާ 2 ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މާލެއިން ޕޮޒިޓިވްވި 62 މީހުންނާއެކު ރާއްޖޭން ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 52 އެވެ. އަދި ބިދޭސީންގެ އަދަދަކީ 30 އެވެ.

މާލެއިން ބަލި ފެންނަމުން ދާ ނިސްބަތަށް ބަލައި، ރަށް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ބުނެވެން ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު މާލެ ތެރެެއިން ފެންނަމުން ޓްރޭސް ނުވެ ހުރި ކޭސްތަކެއް ކަމަށެވެ. އަދި ފިޔަވަޅުތައް ވަރުގަދަވެފައި އެއަށް އަމަލު ކުރެވިއްޖެ ނަމަ ބަދަލުތަކެއް އަދަދުތަކުން ފެންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: