މާލޭގައި ހަލުވިކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މަގުމަތިވެފައިވާ 80 ފަރާތަކަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓަރ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ޖެންޑަރ މިނިސްޓްރީއާ ޙަވާލުކުރުމާ ގުޅިގެން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ.
https://twitter.com/aishamdidi/status/1252534139783270400
މީގެ އިތުރުން މާލެ ލޮކްޑައުން ކުރިއިރު އެކި ބޭނުންތަކަށް މާލެ އައިސް ހާލުގައި ޖެހިފައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

