ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޤާމުން އިސްތިއުފާ ދެއްވި ފަހުން ރިޔާސީ ޕްރައިމަރީ ކެމްޕޭނާ އެތައް ހާސް ބަޔަކު އަންނަނީ ގުޅެމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --- ފޮޓޯ: އަވަސް.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވިފަހުން އޭނާގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނާ އަމަލީގޮތުން އެތައް ހާސް މެމްބަރުންނެއް ގުޅެމުންދާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ, ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވަނީ އޭނާ އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވިފަހުން ވޭތުވެދިޔަ 48 ގަޑިއިރަކީ ވަރަށް ގިނަ ކަންތައްތަކެއް ހިނގައިދިޔަ، ހަރަކާތްތެރި ވަގުތުތަކެއްކަމުގައި ވިދާޅުވެ އެތައް ހާސް މެމްބަރުންނެއް މިހާރުވެސް އޭނާގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނާއި ގުޅެމުންދާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޝާހިދު ވަނީ ދިވެހިރާއްޖޭގެ ކަންކަން އަލުން ތަރުތީބުކޮށް، އިއާދަކޮށް، އަންނަން އޮތް ޖީލުތަކަށް ޓަކައި ގައުމު ބަދަލުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ދެއްވާފައެވެ.

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލެއްވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބްދުﷲ ޝާހިދު އިއުލާނު ކުރައްވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަކަށް ގަބޫލެއް ނުކުރެއްވެއެވެ.

ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގު ފާޅުކުރައްވައި ޝާހިދު ވިދާޅުވީ، އޭނާއަކީ ގައުމުގެ ލާބަޔާއި މަސްލަހަތު އިސްކޮށް، އިންސާފާއި ހަމަހަމަ ފުރުސަތުތަކެއް އޮތް އަދި ސާދާ ވެރިކަމެއް ކޮށްދޭނެ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީއަށް ޓަކައި އަދި އިސްލާހަށް ޓަކައި މަސައްކަތްކުރި އެއްވެސް މެމްބަރަކަށް ބާކީވިކަމުގެ އިހުސާސްވިޔަ ނުދެއްވާނެ ކަމަށާއި، އިސްލާމްދީނުގެ އަސާސްތަކާއި ސުލްހަ މަސަލަސްކަމުގެ މަތީގައި އޯގާތެރި މުޖުތަމައުއެއް ކަށަވަރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިގްތިސޯދު ކޮޅަށް ޖަހައި، ބައިނަލްއަގްވާމީ މާލީ އަދި ފޮރިން އިންވެސްޓްމެންޓުތަކަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

އައްޑޫގައި ބޭއްވި އެ ޖަލްސާގައި ޝާހިދުއަށް ތާއީދުކުރެއްވުމުގެ ގޮތުން، އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން އާއި ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އަދި ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ފަދަ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޢަބްދުﷲ ޝާހިދު ވަނީ 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ކުރައްވައި، އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސަށް ވުމުގެ ޝަރަފު ހޯއްދަވާފައެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ.

ޝާހިދަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: