ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީޑީސީގެ މެޖޯރިޓީ ސަރުކާރަށް ނަގަން އިތުރު ހިއްސާ ވިއްކަން ހުށަހަޅަނީ

ގދ. މަގުއްދުވާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެގުމަށް މަގުފަހިކުރަން ކުންފުނިން އިތުރު ހިއްސާ ވިއްކަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

އެމްޓީޑީސީގެ ބޯޑުގެ ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރުންގެ ވޯޓުން އިއްޔެ ނިންމާފައިވަނީ، އިތުރު ހިއްސާ ވިއްކުމަށް ރައިޓްސް އިޝޫއަކަށް ދާން ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށެވެ. އެއާއެކު، އަލަށް ވިއްކަން ހުޅުވާލާ ހިއްސާ އާންމު ފަރާތްތަކުން ނުގަންނަނަމަ ކުންފުނީގެ މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެއެވެ.

އެނގިފައިވާ ގޮތުގައި އެމްޓީޑީސީގެ މެޖޯރިޓީ ސަރުކާރަށް ނަގަން މަސައްކަތް ކުރަމުންދަނީ 2006 ވަނަ އަހަރުން ފެށިގެން ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން އެމްޓީޑީސީއަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް ވިއްކާލުމުގެ މުއާމަލާތައް މަގުފަހިކުރުމަށެވެ.

އެމްޑީޑީސީއަކީ ސަރުކާރުގެ 47 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަަކަށް ވާއިރު، ބާކީ 53 ޕަސެންޓު ހިއްސާ އަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާއެވެ.

ތުރުކީވާލަަށް ނިސްބްވާ ކުންފުންޏެއް ކަމަށްވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ސަބްލީސްކޮށްގެން އަޔާޑާ މޯލްޑިވްސްގެ ނަމުގައި ހިންގަމުން އަންނަ ރިސޯޓުން އެމްޓީޑީސީއަށް ސަބްލީސް ރެންޓުގެ ގޮތުގައި ދާއިމީ ގޮތެއްގައި އާމްދަނީ ލިބެމުންދެއެވެ. ނަމަވެސް، އެ ކުންފުނިން ސަބްލީސްގެ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ހުރި އިރު، އެ ކުންފުންޏަށް ރަށުގެ ހެޑްލީސް ނުއަގުގައި ވިއްކާލުމުގެ މުއާމަލާތެއް ހިނގާ ކަމަށް ދާދި ފަހުން ވަނީ އަޑުފެތުރިފައެވެ.

މަގުއްދުވާގެ ސަބްލީސްގެ ގޮތުގައި ކޮންމެ ކުއާޓަރެއްގައި އެމްޓީޑީސީއަށް 1.2 މިލިއަން ޑޮލަރު ލިބޭއިރު، ތުރުކީގެ ކުންފުންޏަށް ރަށުގެ ހެޑްލީސް ވިއްކާލަން އުޅެނީ ވެސް ގާތްގަނޑަކަށް އެ އަގަށެވެ. އެހެންކަމުން، އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ މެދުގައި އެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

އެފަދަ އަޑުތަކެއް ފެތުރިފައި ވަނިކޮށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރގެ މަގާމުން އަހުމަދު ނިޔާޒު ވަކިކޮށް، އެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުއެވެ.

އެފަހުން އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބަޔާންކޮށް، މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: