ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ އެމްޑީގެ މަގާމުން ވަކިކުރި ނިޔާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މިއަދު ވަކިކޮށްފިއެވެ.

ޕީސީބީން އިއްޔެ ބުނެފައިވަނީ އެމްޓީޑީސީގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. މީދޫ، ހަސަންކާރިގޭ، ނިޔާޒް ވަކިކޮށްފައިވާ ކަމަށެވެ.

މި ސަރުކާރުގައި ނޮވެމްބަރު 2023 ގައި އެމްޓީޑީސީގެ އެމްޑީއަކަށް އައްޔަންކުރި ނިޔާޒަކީ އެ ކުންފުނީގައި އެކި މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކުންފުނީގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2007 ވަނަ އަހަރުއެވެ. ނިޔާޒް ވަނީ މީގެ ކުރިން އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ކުރައްވައިފައެވެ.

އޭގެ އިތުރުން، 2013 އިން 2016 އަށް އެސްޓީއޯގެ ޗެއާމަންކަމާއި 2016 އިން 2018 އަށް އެމްޓީސީސީގެ ޗެއާމަންކަން ވެސް އަދާކުރެއްވިއެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން މާސްޓާސް ހައްދަވާފައިވާ ނިޔާޒު މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައި ނުވެއެވެ.

އެމްޓީޑީސީގެ އެމްޑީގެ މަގާމުން ނިޔާޒް ވަކިކުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ފައިދާ ވަނީ 19 ޕަސެންޓަށް ދަށަށް ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: