ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގައިތިބޭ މި ދުވަސްކޮޅުގައި އަނބިދަރީންނަށް ޚާއްސަ އަހަންމިއްޔަތެއްދެމާތޯ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ޢާއިލާއާއެކު ވަގުތު ހޭދަކުރުން އޮންނަނީ ދަތި އުނދަގޫކަމަކަށް ވެފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް، ދަރިންނާއެކު ހޭދަކުރާ ވަގުތުތަކުގެ މައްޗަށް، ދިރިއުޅުމުގެ ”ބިޒީ“ ކަން ހުރަސްއަޅައެވެ. އެހެނީ، ކޮންމެ ބަފަޔަކީ ވެސް، ހަޔާތް ބިނާކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހެކެވެ. ކަން މިހެން ހުރުމާއެކު، ދަރިންނަށް ދޭންޖެހޭ ވަގުތާއި، ދަރިންނަށް ބޭނުންވާ އަޅައިލުމާއި ލޯބި އޮންނަނީ، ބައްޕައާއި އެތައް މޭލެއްގެ ދުރުގައެވެ. އެ ދަރިންނާއި ލޯބިން ބަހެއް ބުނެލުން އޮންނަނީ، ދިގު ރާސްތާއެއްގެ ދުރުމިނުގައެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. ދިރިއުޅުމަށް މަސައްކަތް ކުރަން ވެސް ޖެހޭނެއެވެ. ދަރިންގެ މުސްތަޤުބަލު އަލިކުރުމަށް އެތަކެއް ޤުރުބާނީއެއް ވެސް ވާން ޖެހެއެވެ. ދަރިންނަށް އަންނައުނު ހޯދައިދީ، އެ ދަރިންގެ ބަނޑު ފުރާނަ މުއްތިކޮށްދީ، އެ ދަރިންގެ ސިއްހަތު ރައްކާތެރިކޮށްދީ، މިފަދަ މިފަދަ އެތައް ޒަރޫރީ ބޭނުންތަކެއް ފުއްދުމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ. މި ގޮތުން، ގިނަފަހަރު ބަފައިމީހާ ދުވާލު ހަތަރުދަމު ވޭތުކުރަނީ، ކޮންމެވެސް ތަނަކަށް ގޮސް، ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރުމުގައެވެ. ހެނދުނު ހޭލައިގެން ގެއިން ނިކުމެގެންދާ ”ބައްޕަ“ އަށް ގެއަށް އާދެވޭއިރު ހުންނަނީ އިރުއޮއްސި އަނދިރިވެފައެވެ. ނުވަތަ ރޭގަނޑު ބައެއް ހޭދަވެފައެވެ. މި ގޮތުން، ހެނދުނު ހޭލައިގެން ވަޒީފާއަށްދާ ”ބައްޕަ“ އޮފީހަށް ނުވަތަ އެހެން ތަނަކަށްދާއިރު ދަރިފުޅު އޮންނަނީ އަރާމު ނިދީގައެވެ. މަސައްކަތް ނިމިގެން ގެއަށް އަންނައިރު ވެސް، ލޯބިލޯބި ދަރިފުޅަށް އޮންނަނީ ނިދިފައެވެ.

ގޭތެރޭގައި އުޅެ ވަރުބަލިވެފައިވާ ލޯބިވާ އަނބިމީހާއަށް އޮންނަނީ ނިދިފައެވެ. ފިރިމީހާއަށްޓަކައި ކިތަންމެ ހުންނަން ބޭނުންވިޔަސް ހާލަތުގެ ގޮތުން އަނބިމީހާއަށް ނުނިދައެއް ވެސް ނުހުރެވެއެވެ. އެ ގޮތީ، ދަރިފުޅުގެ މަންމައަކީ، ގޭތެރޭގެ އިންތިޒާމުތައް ހަމަޖައްސަމުން، ދަރިންގެ ކަންތައްތައް ބަލަހައްޓަމުން، ދަރިން މަސަލަސްކުރަމުން، އަމިއްލަ ކަންތައްތައްކުރަމުން އަންނަ ކަނބަލެކެވެ.

އެހެންނަމަވެސް ކޮންމެ މީހަކަށް ވެސް މިއަދު މިވަނީ، ގޭގައި ހުރެވޭނެ ގޮތް މެދުވެރިވެފައެވެ. މުޅި ދުނިޔެ އެ ވައިިރަހުގެ ޝިކާރައަކަށްވެފައިވާ ކޯވިޑް-19 އިގެ ސަބަބުން، ސަރުކާރުން މިވަނީ، ގެއިން ބޭރަށް ނިކުތުން މަނާކޮށްފައެވެ. ދުވަހަކަށް ވުރެ ދުވަހަކު، މި ރާއްޖެއިން ވައިރަސްޖެހޭ މީހުން އިތުރުވެ، މާލެސިޓީ ލޮކްޑައުންކޮށްފައެވެ. ހަމައެއާއެކު ދެންހުރި ރަށްތައް ވެސް، އަންނަނީ ލޮކްޑައުން ކުރެވެމުންނެވެ. ކަން މިހެން ހުރުމުގެ ސަބަބުން، މިއަދު ގޭގައި ހުންނަން މަޖުބޫރެވެ. ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ދަރިންނާއި، އަނބިންނާއި، މައިންބަފައިންނާއި، ރަޙްމަތްތެރިންނާއި، ދެކެފަރިތަ މީހުންނާއި، ދެކެފަރިތަ ނޫން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެހެން ޢިބާރާތަކުން ބަޔާންކުރާނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ޤައުމުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ. އުންމަތުގެ ހަމަޖެހުމަށްޓަކައެވެ.

އެހެންކަމުން މި ފަދަ ނާޒުކު ދަނޑިވަޅެއްގައި ގޭގައި ތިބެން ޖެހުނަސް، ކޯވިޑް-19 އިގެ ”ކަންބޮޑުވުން“ ހިތުން އެއްފަރާތްކޮށް، ގޭގެ ހަތަރު ފާރުތެރޭގައިވާ ”ޕްރެޝާރސް“ ތައް، ސިކުނޑިން އެއްކިބާކޮށް، ނަފުސަކީ ރަށްބަށް ”ވަކީލު“ ކުރާ ނަފުސަކަށް ވާންޖެއެވެ. މަޖުބޫރަކުން ނަމަވެސް، ގޭގައި ހުންނަން މި ލިބުނު ފުރުސަތުގައި، ދަރިންނާއި، އަނބިންނަށް އަޅައިލުމާ ލޯބިދިނުން މުހިންމެވެ. ”ޕްރެޝާރސް“ ތައް އައިކަމުގައި ވިޔަސް، ދަރިންނާއި ރިވެތިކޮށް މުޢާމަލާތްކޮށް، އެ ދަރިންގެ ހިތްހަމަޖައްސުވައިދޭން ޖެހެއެވެ. މަދަރުސާތައް ބަންދުކުރެވި، ޤުރުއާން ކިލާސްތަކާއި، ޓިއުޝަން ކިލާސްތައް ބަންދުކޮށްފައިވާ މި ހާލަތުގައި، ދަރީންގެ ތަޢުލީމާއި ތަރުބިއްޔަތަށް އިސްކަމެއްދޭންޖެހެއެވެ. ފިލާވަޅުތައް މުޠާލިއާކޮށްދީ، ޤުރުއާނުގެ ޢިލްމު އުނގަންނައިދީ ހެދުން މުހިންމުވެގެންވެއެވެ. މިސްކިތްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، ޢާއިލާއާއި އެއްޖަމާޢަތެއްގައި އިމާމުވެ ނަމާދުކޮށް، ރިވެތި ތަރުބިއްޔަތަކުން ދަރިންގެ ތަރުބިއްޔަތު ބައްޓަންކުރަން ޖެހެއެވެ.

އަނބިދަރީންނާއެކު ހިތްހަމަޖެހޭ އުފާވެރި ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. އަނބިންކުރާ ކޮންމެ މަސައްކަތެއްގައި ބައިވެރިވެ ފަސޭހަކޮށްދޭން ޖެހެއެވެ. ވަކިކަމެއްނޫން އިނގޭތޯއެވެ. ކެއްކިޔަސް، އެއްޗެހި ދޮވުނަސް، އިސްތިރިކުރިޔަސް، ފޮޅާ ސާފުކުރިޔަސް ގޭތެރޭގައ ހުންނަ މިފަދަ ކަންތައްތަކުގައި އަނބިމީހާއާއެކު މަސައްކަތުގައި ބައިވެރިވާންޖެހެއެވެ. އެއީ އަނބިދަށުވުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ ލޯތްބެވެ. އެއީ އަޅައިލުމެވެ. އެއީ ރަޙްމުކުރުމެވެ. އެއީ ހަމްދަރުދީ ވުމެވެ. އެއީ ޢާއިލާގެ ހަމަޖެހުމެވެ. މުސްތަޤުބަލު އުޖާލާކުރުމަށްކުރެވޭ މަސައްކަތުގެ އެންމެ މުހިންމު އެއް ބައެވެ.

ވީމާ ކޮންމެ ބައްޕައަކު ވެސް، މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މި ވަގުތުގެ ބޭނުންހިފައި، ހަޔާތް ބާއްޖަވެރިކުރަން މަސައްކަތް ކުރާށެވެ. ޙަޤީޤީ ދިރިއުޅުމުގެ ކުލައާއި، ފޮނިމީރުކަން ފެންނާނީ އޭރުން ނޫންތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ވަރަށް އުފާވޭ ތިފަދަ ލިޔުންތައް ނެރެދޭތީ. ޔާﷲ ތިބާއަށް ބަރަކާތްލައްވާށި. އާމީން

  2. ?‏ހަނދާނަށް އަންނަނީ މިފަދަ ދަނޑިވަޅުތަކުގައި ކަވަރޭޖްގައި އުޅެވުނުގޮތް. ރާއްޖޭގެ ނޫސްވެރިންގެ ބުރަ އިހްސާސް ކުރެވޭ. ހުރިހާ ނޫސްވެރިންނަށް އައްސަރި ބަހުން ސާބަސް. ???? ޔާﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ. ޢާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: