ހެނދުނު 09:00 ފެށިގެން، ދަންވަރު 00:00 އާއި ހަމައަށް ފިހާރަތަށް ހުޅުވާގޮތަށް އިކޮނޮމިކް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، މި ގޮތަށް ނިންމީ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި، ފުލުހުން ނުވަތަ ކަމާބެހޭ ފަރާތެއްގެ ހުއްދައާއެކު، ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި، ކަސްޓަމަރުން ފިހާރަތަކަށް ގޮސް ޚިދުމަތްހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.
މި ގޮތުން ރާއްޖޭގެ ރަށްރަށުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 09:00 އިން ފެށިގެން، މެންދަމު 00:00 އާއި ދެމެދުގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް ކޮންމެ ނަމާދު ވަގުތަކަށް ފަނަރަ މިނެޓަށް ފިހާރަތައް ބަންދުކުރަންވާނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި އުސޫލުގެތެރޭގައި، އިކޮނޮމިކް މިިސްޓްރީންވަނީ، ފިހާރަތަކަށް ޚިދުމަތްލިބިގަތުމަށްދާ މީހުން ސަމާލުކަންދޭންވީ ކަންކަމާއި، ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރަންވީ އިރުޝާދުތަކެއް ވެސް ބަޔާންކޮށްފައެވެ.
މި ގޮތުން، ފިހާރައަށް ދިއުމަށް ގެއިން ނިކުތުމުގެކުރިން، އޮންލައިންކޮށް ތަކެތި ގަނެވޭކަމަށްވާނަމަ، އެ ގޮތް އިޚްތިޔާރުކުރަން އެ މިނިސްޓްރީންވަނީ އެދިފައެވެ.
މީގެ އިތުރުން، މުދާ ވިއްކާ ފިހާރައަކީ ދުރާލައި ގުޅައިގެން އޯޑަރުދެވޭ އިންތިޒާމުތައް ހަމަޖެހިފައިވާ ފިހާރައެއްކަމަށްވާނަމަ، ދުރާލައި އޯޑަރު ދިނުމަށްފަހު ފިހާރައަށް ދިޔުމަށް ވެސް އެ މިނިސްޓްރީން އެދެއެވެ.
ހަމައެހެންމެ ފިހާރަތަކުން މުދާ ގަތުމަށް ހުއްދަ ލިބިފައިވީކަމުގައި ވިޔަސް، ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް ސަމާލުކަންދިނުމަށާއި، ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ ޢަލާމާތެއް ހުރިނަމަ ނުނިކުތުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީންވަނީ، އެއްވެސް ހާލެއްގައި ކުޑަކުދިން ފިހާރަތަކަށް ނުގެންދިޔުމަށާއި، ކޮންމެހެން ނިކުންނަންޖެހިގެން މެނުވީ، ޢުމުރުން ދޮށީ މީހުންނާއި، ދިގު މުއްދަތަށް ބޭސްކުރާ މީހުން ނުނިކުތުމަށް އަންގާފައެވެ.
އެ މިނިސްޓްރީން ވަނީ، ގެއިން ނިކުތުމުގެކުރިން، ގަންނަންޖެހޭ ތަކެތީގެ ލިސްޓެއް ދުރާލައި އެކުލަވައިލުމަށާއި، ޕޮލިސް ސަރވިސް އިން ދޫކޮށްފައިވާ ގްރޯސަރީ ޝޮޕިންގް ގެ ޕަރމިޓް ނަންބަރު، ލިސްޓުގެ ކަނާތް ފަރާތު މަތީ އަރިމަތީގައި ލިޔުމަށް ސަމާލުކަންދިނުމަށް އަންގާފައެވެ.
އަދި މަގުމައްޗަށް ނިކުމެ އުޅޭއިރު، ކޮންމެ ވަގުތެއްގައިވެސް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ނުވަތަ ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ، ފިހާރަތަކުންތަކެތި ގަތުމުގައި ބައެއް ކަންކަމަށް ސަމާލުކަންދިނުމަށް ވެސް އަންގާފައެވެ.
ފިހާރަތަކުން ތަކެތި ގަތުމުގައި ސަމާލުކަންދޭންވީ ކަންތައްތައް:
1.ފިހާރަ ބޭރުގައި ކިއު ހަދަންޖެހިއްޖެ ހާލަތެއްގައި، މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓުން.
2. އެއްޗެހިގަތުމުގައި ބާސްކެޓް ނުވަތަ ޓްރޮލީ ބޭނުންކުރާނަމަ، އެ ތަކެތި ހުރީ ޑިސްއިންފެކްޓް ކޮށްފައިތޯ ކަށަވަރުކުރުން
3. ފިހާރައަށް ދާން ނުކުންނަންވާނީ ސައިބޯނި ލައިގެން އަތްދޮވެގެން. މި ގޮތުން އިޚްތިޔާރުކުރަނީ ސެނިޓައިޒްކުރަންނަމަ، އަމިއްލަ ސެނިޓައިޒަރއެއް ޚިޔާރުކުރުން.
4. ފިހާރަތެރޭގައި ހުންނަ ތަންތަނުގައި ނުވަތަ ސަރފެސްތަކުގައި އަތްނުލުމަށް ސަމާލުކަންދިނުން.
5. ގަންނަން ބޭނުންވާ މުދަލުގައި އެކަނި އަތްލުމަށް ސަމާލުކަންދިނުން.
6. ފިހާރަތެރޭގައި މީހުންނާއި މުޢާމަލާތްކުރުމަށް މަޑުނުކުރުން.
7. ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ޚިޔާރުކުރުން.
8. ފިހާރައިން ނުކުމެ، ސެނިޓައިޒަރ ބޭނުންކޮށްގެން ދެއަތްތިލަ ސެނިޓައިޒްކުރުން. ސެނިޓައިޒްކުރުމުގައި އަމިއްލަ ސެނިޓައިޒަރއެއް ޚިޔާރުކުރުން.
މިި ކަަންްތަައްްތަަކުުގެެ އިތުުރަަށްް އެެ މިނިސްޓްރީންވަނީ، ފިހާރަތަކުން ޚިދުމަތްފޯރުކޮށްދިނުމުގައި، ކަސްޓަމަރުންނަށް އިންތިޒާމުތައް ހަމަޖެއްސުމަށް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ވެސް އަންގާފައެވެ.
ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ފިހާރަތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް:
1. ބަލީގެ ޢަލާމާތެއް ހުރި އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުނެރުން.
2. ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު ވެސް، ޚިދުމަތް ފޯރުކޮށްދޭ ވަގުތުގައި، މާސްކު އަޅައި އަންގިލެއްވުން. އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން.
3. ފިހާރައަށް ކަސްޓަމަރުން ދިޔުމުގެ ކުރިން، ފޯނުން ގުޅައިގެން އޯޑަރުދެވޭނެ ނިޒާމެއް ޤާއިމުކުރެވޭނަމަ، އެ ނިޒާމު ޤާއިމުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުން.
4. ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުމަށް ސަމާލުކަންދިނުން.
5. ފިހާރައަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ކަސްޓަމަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ ގްރޯސަރީ ޝޮޕިންގް ޕަރމިޓް ލިބިފައިވާ މީހެއްކަން ކަށަވަރުކުރުން.
6. ޚިދުމަތް ހޯދާ ކަސްޓަމަރަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްޞީލު ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގައި އެ ފިހާރައަކުން ރެކޯޑްކޮށް، ބެލެހެއްޓުން.
7. ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
8. އެކައުންޓައް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެފަދަ ގޮތަކަށް ފިހާރަތަކުގައި ޑިސްޕްލޭކޮށްފައި ބެހެއްޓުން.
9. ނިސްބަތުން ކުދި ފިހާރަތަކުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުގައި، އެއްފަހަރާ ފިހާރައިގެ ތެރެއަށް ގިނަ ކަސްޓަމަރުން ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުން.
10. އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ނުވަތަ ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެ ފަދަގޮތަކަށް ކަސްޓަމަރުން ވެއްދުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
12. ނިސްބަތުން ބޮޑެތި ފިހާރަތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުމާއި، މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަގޮތަކަށް ކަސްޓަމަރުން ވެއްދުން.
13. ކޮންމެ ދުވަހަކު ވިޔަފާރީގެ ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި، ކަސްޓަމަރުންގެ އަތްޖެހޭ ސަރފަސްތައް ޑިޓޯލް ނުވަތަ ސައިބޯނި ފެނުން ރަނގަޅަށް ޑިސްއިންފެކްޓްކުރުުން.
މީީގެެ އިިތުުރުުންް، އެ މިނިސްޓްރީންވަނީ، ފިހާރަތަކުން އެއްޗެހި ގަތުމަށްފަހު، ސަމާލުވާންޖެހޭ ކަންތައްތަކެއް ވެސް އަންގާފައެވެ.
މި ގޮތުން، ތަކެތި ގަތުމަށްފަހު ލަސްނުކޮށް ފިހާރައިން ނުކުމެގެން ގެޔަށްދިޔުމަށާއި، ގެއަށްދާ މަގުމަތީގައި ތަންތަނުގައި އަތްނުލުމާއި، މަދުވެގެން 1 މީޓަރުގެ ގައިދުރުކަން ބަހައްޓަން ސަމާލުކަންދިނުމަށް އެ މިނިސްޓްރީން އަންގާފައިވެއެވެ.
ތަކެތި ގަނެދިނީ ކަމާބެހޭ ފަރާތުން ދޫކޮށްފައިވާ ހުއްދައިގައި ހިމެނޭ ސަރަޙައްދުގައިވާ އެހެން ގޭބިސީއަކަށްނަމަ، އެ ތަކެތި ގެންގޮސް ޙަވާލުކުރުމުގައި، އެމީހެއް ދިރިއުޅޭ ތަނެއްގެ ދޮރު ކައިރީ ގެންގޮސް ތަކެތި ބެހެއްޓުމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީންވަނީ، ފިހާރައިން އެއްޗެހި ލައިގެން ގެނައި ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށް ސަމާލުކަންދިނުމަށާއި، ފިހާރައިން ގަތް ތަކެތީގެ ބޭރު ރަނގަޅަށް ސާފުކުރުމަށްފަހު ބޭނުންކުރުމަށް ވެސް އަންގާފައެވެ.
މީީގެެ އިިތުުރުުންް އެެ މިނިސްޓްރީން ވަނީ، ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ހުންނައިރު، ވިޔަފާރިވެރިންނާއި، ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް ވެސް އިލްތިމާސް ވެސް، ކޮށްފައެވެ.

