ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް މެޑިކަލް ސްޓާފުން ކަރަންޓީން އަދި އައިސޮލޭޝަންއަށް!

މާލޭގައި ކޮރޯނާ ވައިރަސް ފެތުރުން، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އޮންލައިން ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން، އެކިގޮތްގޮތުން ކޮންޓެކްޓު ވެގެން ރާއްޖޭގައި މަސައްކަތް ކުރާ މެޑިކަލް ސްޓާފުންގެ ތެރެއިން 20 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ހާމަކޮށްފިއެވެ.

އެންއައިއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބައްޔާއި ދެކޮޅަށް ފްރޮންްޓްލައިނުގައި މަސައްކަތް ކުރަމުންދާ މީހުންގެ 20 މެޑިކަލް ސްޓާފެއް މިވަގުތު އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންނާ ހިމެނޭ ގޮތަށް 8 މީހަކު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

އައިސޮލޭޓް ވުމަށް އަންގާފައިވާ މީހުންގެ ތެރޭގައި އެމްއެންޑީއެފް އަދި ފުލުސް އޮފިސަރުންތަކެއް ވެސް ހިމެނޭއިރު، އެމްއެންޑީއެފް އޮފިސަރެއް ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ އެމްއެންޑީއެފްގެ މީހާއަކީ ފްރޮންޓްލައިންގައި ހިމެނޭ އޮފިސަރެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، އެކަން އަދި ސާފު ނުވާކަމަށެވެ. ނަމަވެސް ކޮންޓެކްޓު ޓްރޭސިން ކުރިޔަށްދާއިރު އެކަން ވެސް ހާމަކުރަމުންދާނެ ކަން ފާހަގަކުރެއްވިއެވެ.

މާލޭގައި މިއަދު މިހާތަނަށް އެކަނިވެސް 15 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކު ހިމެނޭއިރު އޭނާގެ ހާލަތު ގޯސްވެދާނެތީ ދަރުމަވަންތައިގެ ޑީއެޗް11 އަށް ވަނީ ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: