ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން އިތުރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 84 އަށް އަރައިފި

މާލޭގައި ކޮރޯނާ ވައިރަސް ހަލުވި ކަމާއިއެކު ދަނީ ފެތުރެމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީޙުންގެ އަދަދު84 އަށް އަރާފައިވާކަން ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. 

އެޗްޕީއޭއިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ  މިއަދު މާލެއިން ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް ކަމަށްވާ  (ކޭސް:52) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި  ޕޮޒިޓިވްވި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. .

https://twitter.com/HPA_MV/status/1252603398312079361

އެޗްޕީއޭގެ މައުލޫމާތުތަކަށް ބަލާއިރު ކޭސް 52 އެއީ ހއ އުލިގަމަށް ދިޔަ ފަހުން ކޮވިޑްއަށް ޕޮޒިޓިވްވި މީހާއެވެ. އަދި އޭނާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެން މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ64 އެވެ. 

މީގެއިތުރުން މުޅި ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް 84 ކޭސް ފެނިފައިވާއިރު ދެ މީހުން ތިބީ ރާއްޖެއިން ބޭރުގައެވެ. އެ ދެ މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިކަން އެނގިފައި ވަނީ ރާއްޖެއިން ފުރައިގެން ދިޔަފަހުންނެވެ. އެއީ އިޓަލީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުން ފުރާފައި ވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަރުވާދެވި ބަލިން ރަނގަޅުވެފައި ވަނީ 16 މީޙުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: